ލޯކަލް ގަވަމެންޓާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު

ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދައިދިނުމަށް މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
16 Jul 2024
ހަބަރު

ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދާދިނުމަށް މަޝްވަރާކޮށްފިއެވެ. 

ލޯކަލް ގަވަމެންޓާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު އެލްޖީއޭގެ ބޯޑް ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސްއާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާއި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ތިނަދޫ ކައުންސިލުން އެލްޖީއޭއަށް ހުށަހެޅި ހުށަހެޅުމާއި، އެލްޖީއޭގެ ބޯޑުން، އިއްޔެ ބޭއްވި ބައްދަލުވުމުގައި، އިމިގްރޭޝަނާއެކު އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނިންމި ނިންމުން ފާސްކޮށްފައި ވެއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުންނަށް ރަސްމީ ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓް ފޯރުކޮށްދިނުމުގެ ބޭނުމަކީ ކައުންސިލްތަކަކީ ވެސް އާންމުން އިންތިހާބުކުރާ އޮފިޝަލުން ކަމުން ކައުންސިލްތައް ބާރުވެރިކޮށް ހައްގު ހައިސިއްޔަތު ދިނުން ކަމަށެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ދޫކުރަނީ ސަރުކާރުގެ ތިން ބާރުގެ އިސްވެރިންނާއި ސުޕްރީމް އަދި ހައިކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ އެހެން މަގާމުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސެކިއުރިޓީއާއި ބެހޭ އިދާރާތަކުގެ އިސްވެރިންނާއި އެބޭފުޅުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރުން ދަށުގެ ދަރިންނަށެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު