ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އައިޝަތު ޝިއުރާ
24 Aug 2024
ހަބަރު

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި މުހިންމު މަސައްކަތްތަކެއް ނިންމާލައިފި އެވެ.

މި ޕްރޮޓޮކޯލް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދެވޭ ތެރަޕީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ.

މި ގޮތުން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ގެ ޑްރާފްޓް އެކުލަވާލުމުގެ ގޮތުން ކ ތުލުސްދޫގައި 31 މެއިން 1 ޖޫން އަށް ވަނީ ވޯކްޝޮޕެއް ކުރިއަށް ގެންދެވިފަ އެވެ. އަދި މި ގައިޑްލައިންތައް މުރާޖާ ކުރުމުގެ ގޮތުން ޕިއާ ރިވިއު ވޯކްޝޮޕެއް ވަނީ 2024 އޮގަސްޓު 1 ގައި ކ މާލޭގައި ބާއްވާފަ އެވެ.

މި ވޯކްޝޮޕްގައި ތެރަޕީ ދާއިރާގައި ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނާއި ސިއްހީ ދާއިރާގެ މާހިރުން ބައިވެރިވެ އެބޭފުޅުންގެ ޚިޔާލުތައް ވަނީ ވޯކްޝޮޕްގެ ތެރެއިން ހުށައަޅުއްވާފަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު