ލ. އަތޮޅު 3 ރަށުގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ފަށައިފި

އައިޝަތު ޝިއުރާ
24 Aug 2024
ހަބަރު

ލ އަތޮޅުގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ފެށުމަށްޓަކައި އެ އަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްވަރާކޮށްފި އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މާލެ އަދި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ޙާލު ކިހިނެއް ޕްރޮގްރާމަކީ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ޙާލު ބަލައި ދައުލަތުގެ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ލ އަތޮޅުގެ 3 ރަށެއްގައި ވަނީ ފަށާފައެވެ. އެއީ ލ ފޮނަދޫ، މާމެންދޫ އަދި މާވަށެވެ.

ކާމިޔާބު ކަމާއެކު އެ އަތޮޅުގައި މި ޕްރޮގްރާމު ކުރިއަށް ގެންދާއިރު، މިހާރު އެ އަތޮޅުގައި ހަރަކާތްތެރިވާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ޓީމުން ގެންދަނީ ގަމު ކައުންސިލާއި ގުޅިގެން ގަމުގައި ޕްރޮގްރާމު ފެށުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ގަމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ބައްދަލުކޮށް ޕްރޮގްރާމު އެ ރަށުގައި ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އަތޮޅުތެރޭގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންދަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ވެސް ގުޅިގެންނެވެ.

އަދި އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީތަކުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު