ފުވައްމުލަކުސިޓީގެ މުހިންމު ތަންތަނަށް މިނިސްޓަރު ތޯރިގު ޒިޔާރަތް ކުރައްވައިފި

އައިޝަތު ޝިއުރާ
24 Aug 2024
ހަބަރު

ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކުގެ އެންވާރަމެންޓް މިނިސްޓްރީއާ ގުޅޭ މުހިންމު ތަންތަނަށް މިނިސްޓަރު ޠާރިޤު އިބްރާހިމް ޒިޔާރަތް ކުރައްވައިފި އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ފުވައްމުލަކު ނޭޗާ ޕާކަށާއި ފެނަކައަށާއި ފުވައްމުލަކު ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ ކުރިއަށްދާ ސަރަހައްދަށް ވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޠާރިޤުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ފުވައްމުލަކު ސިޓީގައި ހިނގަމުންދާ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަޝްރޫޢުތަކުގެ މަސައްކަތް ބައްލަވާލެއްވުމާއި، އަދި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެވެ. މިނިސްޓަރު ތޯރިގް ވަނީ މި ދަތުރުފުޅުގައި އެންމެ އިސްކަން ދެއްވާނީ އެ ވުޒާރާގެ މެންޑޭޓުގެ ދަށުގައިވާ ވެމްކޯ އަދި ފެނަކައަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދެއްވުމަށްކަމަށެވެ.

އެގޮތުން ފުވައްމުލަށް ފެނަކަ ބްރާންޗަށް ޒިޔާރަތްކޮށް ތޯރިގު ވަނީ ފުވައްމުލަކުގައި ހުރި ފެނަކައިގެ އެކި ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު