ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފި

އައިޝަތު ޝިއުރާ
24 Aug 2024
ހަބަރު

ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތްކުރުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިވިއެވެ.

އެ މަނިކުފާނު މި އިލްތިމާސް ކުރެއްވީ ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުގެ އިނާމު ދިނުމަށް، ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސުކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެެވެ.

"ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށްވާ ނަމަ އަލުގަނޑުމެން އުނގެނުމުގައި، އެ ދަސްކުރާ އެއްޗެއްގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި އޭގެ ބޭނުންކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ހަނި" އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ތަފްޞީލު ދެއްވަމުން "ވިލާ އިންޓަރނޭޝަލް ހައި ސުކޫލުގެ ޕްރައިޒް ޑޭ 2024" ގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގަލަމު ތުނޑުން ނުވަތަ ލިޔެކިޔުމުން ހަމަ އެކަނި ކަމެއް ކުރުމުގެ ބަދަލުގައި މަސައްކަތްތެރިކަން ނުވަތަ އިންޖިނިއަރިން ފަދަ ދާއިރާތަކުން ދަރިވަރުންގެ އުނގެނުން ކުރިޔަށް ގެންދިއުމުގެ ވިސްނުން މިއަދު ގެންގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުގެ ބެސްޓް އޯލް ރައުންޑްގެ 1 ވަނަ، 2 ވަނަ، އަދި 3 ވަނައަށް ދިޔަ ދަރިވަރުންނަށާއި، ބެސްޓް އެކަޑަމިކް ޕަރފޯމަންސް ހޯދި ދަރިވަރު ރަޔާން އަޙްމަދު އަލީއަށް އިނާމް ހަވާލުކޮށް ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު