ފުވައްމުލަކުން 1 ލައްކަ ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި

އައިޝަތު ޝިއުރާ
24 Aug 2024
ހަބަރު

ފުވައްމުލަކު ސިޓީގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އެންމެ ފުޅާ ދާއިރާއެއްގައި ފެށިގެން މިދިޔައީ ފުވައްމުލަކު ސިޓީގައި ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން 1 ލައްކައަށްވުރެ ގިނަ ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 4 ލައްކަ ގަސް އިންދިފައިވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ފާހަގަކޮށްލަން މިއަދުގެ މިހާތަނަށް 1.4 މިލިޔަން ގަސް މި ވަނީ ޕްލެޖްކޮށްފައި އެކި ފަރާތްތަކުން އިންދަން. އަދި މިހާތަނަށް ދިޔަ އިރު 4 ލައްކަ ގަސް އިންދިފައި މި ވަނީ މި ޕްރޮގްރާމްގެ ތެރެއިން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ މި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް" މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މިޕްރޮގްރާމަކީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފުވައްމުލަކުގައި ރަށަށް ބޭނުންވާ އަދި މަދުވެފައިވާ ގަސްތައް އާލާކޮށް، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު