ފުވައްމުލަކު ސިޓީގެ ރަށް ގިރާ ސަރަހައްދު މިނިސްޓަރ ޠާރިޤު ބައްލަވާލައްވައިފި

އައިޝަތު ޝިއުރާ
24 Aug 2024
ހަބަރު

ފުވައްމުލަކު ސިޓީގެ ރަށް ގިރާ ސަރަހައްދު މިނިސްޓަރ ޠާރިޤު ބައްލަވާލައްވައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ މިނިސްޓަރ މުޙައްމަދު ޠާރިޤު، ފުވައްމުލަކު ސިޓީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ސިޓީގެ ރަށް ގިރާ ސަރަހައްދަށް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފިއެވެ.

މިއަދު ހެނދުނު މިނިސްޓަރ ޠާރިޤު އެންމެ ފުރަތަމަ ކަމަކަށް ވެސް ކުރެއްވީ ރަށް ގިރާ ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވުމެވެ. މި ދަތުރުފުޅުގައި މިނިސްޓަރާއެކު ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު އަދި ކައުންސިލްގެ އެހެނިހެން މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަށް ގިރާ ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ، ފުވައްމުލަކުގެ ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ކަމަށް ބޭނުންވާ ފަންޑު ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ކުރިއަށްދާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ވެސް ބައްލަވާލައްވާނެ ކަމަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު