ކަނޑުތައް ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި

އައިޝަތު ޝިއުރާ
24 Aug 2024
ހަބަރު

އަންނަން އޮތް ޖީލުތަކުގެ ރާޅާ އެޅުންތެރިންނަށް ކަނޑުތަކުން އުފަލާ ހިތްހަމަޖެހުން ލިއްބައިދިނުމަށްޓަކައި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފާހަގަ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަން ފާހަގަކުރައްވާފައި ވަނީ "އޭ.އެސް.އެފް އޭސިއަން ސާރފިން ޗެންޕިއަންޝިޕް 2024" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ރާޅާއެޅުންފަދަ ހަރަކާތެއްގެ ނިމުން ފާހަގަކުރާއިރު ކަނޑުތަކުގެ ވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ކަނޑުގެ ދިރުންތަކާއި އަދި ރާޅާއެޅުންފަދަ ކަންކަމަށް ވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި ކަނޑުތައް ހިމާޔަތްކުރުމަށާއި ޕްލާސްޓިކް ކުނި މަދުކުރުމަށާ އަދި ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރާޅާ އެޅުމުގެ މުބާރާތުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ އެއީ ޝައުގުވެރިކަމާއި ހުނަރާ އަދި އެކުވެރިކަން ދައްކުވައިދޭ މުބާރާތެއްކަން ފާހަގަކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، މުބާރާތުގެ ފަޚުރުވެރި ވަނަތައް ހޯދިފަރާތްތަކަށް މަރުހަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ އެކުޅުންތެރިން ނިސްބަތްވާ ޤައުމަށް ލިބޭ ރީތިނަމެއްގެ އިތުރުން އެފަރާތްތަކުން އެކަމަށް ދެއްވި ސަމާލުކަމާއި ކުރެއްވި ބުރަ މަސައްކަތް ފެނިގެންދާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މުބާރާތުގައި ބައިވެރިން ދެއްކެވި ކުޅަދާނަކަމާއި ހިތްވަރު އެކަމަނާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކުޅުންތެރިންގެ ކުޅުމާއި އަދި ހިތްވަރާއެކު ކުރާ މަސައްކަތުން އެހެން މީހުންނަށް ހިތްވަރު ލިބިދޭކަމަށާ އަދި އެއީ ކުޅިވަރުގެ ރޫހާ އެކުވެރިކަން އާލާކުރުމަށް މުހިންމުކަމެއްކަމުގައެވެ.

ވިހި ޤައުމަކުން ޖުމްލަ 113 އެތުލީޓުން ބައިވެރިވި މި އަހަރުގެ އޭސިއަން ސާފިންގ ޗެންޕިއަންޝިޕް ކުރިއަށް ގެންދިޔައީ ކ. ތުލުސްދޫގައެވެ. މިއީ ރާއްޖޭގައި އޭސިއަން ސާފިންގ ޗެންޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރު ކަމުގައި ވީނަމަވެސް މިއީ މި މުބާރާތުގެ ކޮލިފިކޭޝަން ހަރަކާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު