ރާއްޖެއިން ބޭރު ކުރަން އުޅުނު ޑޮލަރު

ރާއްޖެއިން ބޭރު ކުރަން އުޅުނު 81،000 އަށްވުރެ ގިނަ ޑޮލަރު އަތުލައިގެންފި

އަލީ ޝާހީން
25 Aug 2024
ހަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ގަވައިދާ ހިލާފަށް ލައްކައެއްހާ ޑޮލަރު ހިފައިގެން ބަންގްލަދޭޝްއަށް ފުރަން އުޅުނު އެޤައުމަށް ނިސްބަތްވާ މީހަކު އޭވިއޭޝަން ކޮމާންޑުން ހުއްޓުވައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދު ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81,030 އެމެރިކާ ޑޮލަރު އަތުލައިގަނެފައިވާކަމަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާއެވެ. 

މި މީހާ ފުރަން ހަމަޖެހިފައި އޮތީ ބަންގާޅަށް ނިސްބަތްވާ ބަންގްލާ އެއާލައިން ފްލައިޓް ނަންބަރު BS338 ފްލައިޓުންނެވެ.

ޑޮލަރުތައް ހުރިކަން އެނގުނީ އެމީހާގެ ފޮށި ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ފައިސާ އޭނާ ވަނީ ފޮށިތެރޭގައި ނުފެންނާނެހެން ވަރަށް ރަނގަޅަށް ރައްކާކޮށްފައެވެ.

ބަންގާޅަށް ނިސްބަތްވާ މީހަކު ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ޑޮލަރުތައް ރާއްޖެއިން ބޭރުކުރަނިކޮށް އަތުލައިގަނެފައިމިވަނީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. މި ހާތަނަށް ހިންގުނު އޮޕަރޭޝަންތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝް އަދި ނޭޕާލަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު