ކުރީގެ ޕީޖީ ޝަމީމް އަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުކުރެވޭ 7 މީހުންގެ މައްޗަށް ދައުވާ އުފުލައިފި

އަލީ ޝާހީން
25 Aug 2024
ހަބަރު

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުކުރެވޭ 7 މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައާއި ގުޅިގެން 7 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވާކަމަށެވެ.

އެއީ ރ. އަލިފުށި، ރިވެލި، މިދުޙަތު އާދަމް , ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުޙައްމަދު ޖަޒްލާން , ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމް , ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފް , ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިން ,     ތ. ދިޔަމިގިލި، ރުވާ، އަބާން ޢަބްދުލްހަންނާނު އަދި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަޞީރު.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި މި މީހުންގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދަޢުވާކަމަށެވެ.

ޕީޖީ ޝަމީމަށް އަމާޒުކޮށް ހަމަލާދީފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާގައި އެބޭފުޅާ ގެ ވާއަތްޕުޅުގައި ވަނީ ރެނދުލިއިރު، އެބޭފުޅާ އަށް ހަމަލާދީ ޒަހަމް ކޮށްލީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެއިންނެވެ.

މި މައްސަލާއާ ގުޅިގެން ހައްޔަރުކުރި 7 މީހުން ތިބީ މިހާރުވެސް ބަންދުގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު