އެމްއެންޔޫގެ ސީއެމްއެސްގެ ދަރުވަރުންނަށް ކަނޑުގެ ސަލާމަތީ ކަންކަމާއި ގުޅޭ ސެޝަނެއް ބާއްވައިފި

އައިޝަތު ޝިއުރާ
25 Aug 2024
ހަބަރު

އޮސްޓްރޭލިޔާގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީ (އޭއެމްއެސްއޭ) އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް)ގެ ދަރިވަރުންނަށް ކަނޑުގެ ސަލާމަތީ ކަންކަމާއި ގުޅޭ މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

އޭއެމްއެސް އިން ބޭއްވި މި ސެޝަންގައި، ކަނޑުމަތީގައި މުދާ ގެންގުޅެމުންދާ އިރު، އަމިއްލަ ނަފްސާއި މުދާ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ނުރައްކަލެއް ކުރިމަތި ވެއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލުމާތު ހިއްސާކުރައްވާފައިވެއެވެ.

މި ސެޝަންގައި އޮސްޓްރޭލިޔާގެ އޭއެމްއެސްއޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައިވަނީ މރ. އެންޑްރިއު އަދި މރ. ހައްނާންއެވެ.

އެމްއެންޔޫގެ ސީއެމްއެސްގައި ކުރިއަށް ގެންދާ ކޯސްތަށް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަނޑުގެ ދަތުރުތަކާއި ކަނޑުމަތީގައި ކުރާ މަސައްކަތްތަކުގައި އަމިއްލަ ނަފްސާއި މުދާ ރައްކާތެރިކުރުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަފަޅުތަކާއި، ދިމާވާ ކުއްލި ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރަން ޖެހޭގޮތްތަކުގެ އިތުރުން ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ސަމާލުކަން ދޭންޖެހޭ އެހެނިހެން ކަންތައްކަމުގެ މައްޗަށެވެ. މީގެ އިތުރުން ވެސް، އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް މުޙިއްމު އެތަށް ދާއިރާއަކުން މަތީ ތަޢުލީމު ހާޞިލުކޮށް، ތަމްރީނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު