ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު

ލާމަރުކަޒީ ޤާނުނަށް އިޞްލާޙު ހުށައެޅުމަށް ޤައުމީ ޔުނިވާރސިޓީން ހަދާ ދިރާސާ އޯގަސްޓްމަހު ނިމޭނެ: މިނިސްޓަރ

އައިޝަތު ޝިއުރާ
16 Jul 2024
ހަބަރު

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ހުށައެޅުމަށް ޤައުމީ ޔުނިވާރސިޓީން ހަދާ ދިރާސާ ރިޕޯރޓް އަންނަ އޯގަސްޓްމަހުގެ މެދުތެރެ ހިސާބުގައި ނިމޭނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އިޞްލާޙީ ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބަދަލުކޮށް، ބާއޮޑިއެއްގައި ގަނޑުލާ އުޞޫލުން ނޫން ކަމަށާ، މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތެއްގެ މައްޗަށް ކަމުގައި އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބާއޮޑިއެއްގަ ގަނޑުލާ އުޞޫލުން ނޫން. މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތުގެ މައްޗަށް. އެ މަގުން ކުރިއަށް ގެންދިއުމަށް ޓަކައި އަޅުގަނޑު ޤައުމީ ޔުނިވާރ ސިޓީއާއެކު ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރަން. ލާމަރުކަޒީ ނިޒާމަށް ގެންނާނެ ހެޔޮ ބަދަލަކީ ކޮބާތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު

މިނިސްޓަރ ވިދާޅުވީ ރިޕޯރޓް ލިބުނީމަ އޭގެ އަލީގައި އެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި، ސްޓޭ ކްހޯލްޑަރުންނާއި، އާންމު ރައްޔިތުންނާއި އަދި ގިނަ ބައެއްގެ ރައުޔު ހޯދުމާއެކު ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ އިޞްލާޙުތައް ދެނެގަނެ އެ ކަމުގެ މައްޗަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު