ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ރައީސް އޮފީސް

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމަށް ލާޒިމްކުރުމަށް ސަރުކާރުން ނިންމައިފި

އަލީ ޝާހީން
25 Aug 2024
ހަބަރު

ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމަށް ލާޒިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ މިއަދު ބޭއްވި ޕްރެސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ، މި ބަދަލު ގެނައުމަށް ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭނެ ކަމަށެވެ. މި އިސްލާހުތައް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމުގެ ދަށުން، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުންނާއި ޑޮލަރުން މުސާރަދޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކަންޖެހޭނީ ޑޮލަރުންނެވެ. މީގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެތެރެކުރާ މުދަލަށް ދައްކަންޖެހޭ ކަސްޓަމްސް ޑިއުޓީވެސް ދައްކަންޖެހޭނީ ޑޮލަރުންނެވެ.

ބަންޑާރަނައިބު ވިދާޅުވި ގޮތުގައި، މިހާރު ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން ދައުލަތަށާއި މީރާއަށް ފައިސާ ދައްކަނީ ރުފިޔާއިންނެވެ. މީގެ ސަބަބުން، ބައެއް ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމުގެ ޝަކުވާ ލިބޭތީ، މި ބަދަލު ގެނައުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައުމަށް ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ ނަމަ، އެކަން ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު