މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗު ރާއްޖޭގައި އިފުތިތާހުކުރާ ގޮތަށް ހަމަޖެހިއްޖެ

އައިޝަތު ޝިއުރާ
25 Aug 2024
ހަބަރު

މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗުގެ ތަމުރީނު ސެޝަންތައް މި މަހުގެ 27 އިން 28 އަށް މާލޭގައި ބާއްވަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް" ގެ ނަމުގައެވެ. މި ޕުރޮގުރާމަކީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން" އާބެހޭ އެމް.އޯ.ޔޫ އާ ގުޅިގެން ކުރިއަށް ގެންދަވާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެކެވެ. އެގޮތުން މިއީ ޔޫ.އޭ.އީ ގެ މިނިސްޓްރީ އޮފް ކެބިނެޓް އެފެއާޒުން ކުރިއަށް ގެންދަވާ "ގަވަރމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ކެޕޭސިޓީ ބިލްޑިންގ ވަރކްސްޓްރީމްގެ ދަށުން ޔޫ.އޭ.އީ ސަރުކާރުން ހިންގާ ލީޑަރޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗެވެ. މި ފަހަރުގެ ޕުރޮގުރާމު އަމާޒުކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ.

މި ޕުރޮގުރާމަކީ، ވަރކްޝޮޕް ސެޝަންތަކާއި އޮންލައިން ސެޝަންތަކާއި ފީލްޑް ވިޒިޓްތައް ހިމެނޭ ގޮތަށް، 3 މަސް ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖެއާ ޔޫ.އޭ.އީ.ގައި ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. އެގޮތުން، މި ޕުރޮގުރާމުގެ ވަރކްޝޮޕް މޯޑުގައި ހިންގާ މޮޑިއުލްތަކުގެ ތެރެއިން ދެ މޮޑިއުލެއްގެ ސެޝަންތައް މި އޮގަސްޓު މަހުގެ 27 އިން 28 އަށް ރާއްޖޭގައި ކުރިއަށްގެންދާނެއެވެ. މި ޕުރޮގުރާމުގެ ދަށުން ޔޫ.އޭ.އީގައި ކުރިއަށްގެންދާ ސެޝަންތަކުގައި ބައިވެރިވުމަށާ، ޔޫ.އޭ.އީ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަރނައިޒޭޝަން ޕުރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށްޓަކައި، ޕުރޮގުރާމުގެ ބައިވެރިން ޔޫ.އޭ.އީއަށް ޒިޔާރަތްކުރުމަށް ވަނީ ރޭވިފައެވެ. މި ޕުރޮގުރާމު ފުރިހަމަކުރާ ބައިވެރިންގެ ގްރެޖުއޭޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޔޫ.އޭ.އީ.ގައި އޮންނަ ވާރލްޑް ގަވަރންމަންޓް ސަމިޓުގައެވެ.

މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕުރޮގުރާމުގެ ސެޝަންތައް ނަންގަވައިދެއްވަން ޔޫ.އޭ.އީ އިން ރާއްޖެއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޚަރަދުތަކާއި، މި ޕުރޮގުރާމުގެ ދަށުން ބައިވެރިން ޔޫ.އޭ.އީ. އަށް ކުރައްވާ ދަތުރުތަކުގެ ހުރިހައި ޚަރަދެއް ހަމަޖައްސަވައިދެއްވާނީ ޔޫ.އޭ.އީ. ގެ ސަރުކާރުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު