ޤައުމީ ޔުނިވާރސިޓީން ތައްޔާރުކުރި ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ އިޞްލާޙުގެ ދިރާސާ އާންމުކޮށްފި

އައިޝަތު ޝިއުރާ
25 Aug 2024
ހަބަރު

ޤައުމީ ޔުނިވާރސިޓީން ތައްޔާރުކުރި ލާމަރުކަޒީ ނިޒާމަށް ގެންނަން ފެންނަ އިޞްލާޙުގެ ދިރާސާ މިއަދު އާންމުކޮށްފިއެވެ.

މިއަދުގެ މި ދިރާސާ އާންމުކުރެއްވީ އެ ޔުނިވާރސީޓިގެ އެ ކަމާ ގުޅޭ ޓީމްގައި ހިމެނިވަޑައިގެންނަވައި 8 ބޭފުޅުންގެ ޕްރެޒެންޓޭޝަނާ އެކުގައެވެ.

މިއަދު މި އާންމުކުރި ދިރާސާއަކީ ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި ލާމަރުކަޒީ ނިޒާމް ޤާއިމްކުރުމުން ދެކޭ ތަޞައްވަރުތަކާއި ހުރި ގޮންޖެހުންތައް އަދި އަސަރުތައް ދެނެގަތުމަށް ޓަކައި ޔުނިވާރސިޓީގެ ފަރާތުން އަތޮޅުތަކަށް ދަތުރުކޮށް އާންމުންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށް ގެންދެވުނު މިނިވަން ދިރާސާއެއް ކަމަށް އެ ޔުނިވާރސިޓީން ވަނީ ވިދާޅުވެފައެވެ.

ޔުނިވާރސިޓީން މަޢުލޫމާތު ދެއްވާ ގޮތުގައި ރާއްޖޭގެ އެކި އަތޮޅުތަކުން އުތުރު، މެދުރާއްޖެ އަދި ދެކުނު ހިމެނޭގޮތަށް މަދުވެގެން 1155 މީހުންނާއި ދިރާސާ ޓީމުން ވަނީ ސުވާލުކޮށްފައެވެ. އަދި ކޮންމެ ސަރަޙައްދަކުން އާބާދީގެ ނިސްބަތުން ކުދި އަދި މެދު ފަންތީގެ ރަށްތަކަށް ޓީމްތައް ދަތުރުކޮށް ސާރވޭކޮށް ސުވާލުކުރެވިފައިވާ ކަމަށް ވެސް ޔުނިވާރސީޓިން މަޢުލޫމާތު ދެއްވިއެވެ.

މި ސާރވޭގައި އަލިއަޅުވައިލެވުނު މުހިންމު ބައިތަކުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނުގައި ހުރި އުނި ކަންކަންކަމާއި، ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، ލާމަރުކަޒީ ނިޒާމުގެ ފައިދާތަކާއި، ގޮންޖެހުންތަކާއި، ދާއިރާގައި މިހާރު ކައުންސިލަރުންގެ ޢަދަދަކީ އާބާދީ ސައިޒަށް އެކަށީގެންވާ ޢަދަދެއް ކަމަށް ޤަބޫލްކުރާ މިންވަރާއި އަދި އާބާދީގެ ސައިޒަށް ބަލައިގެން ކައުންސިލަރުންގެ ޢަދަދު ހަމަޖައްސަންޖެހޭ ކަމަށް ޤަބޫލްކުރާ މިންގަޑާއި ގުޅޭ ގޮތުން ވެސް ވަނީ ދިރާސާ ކުރައްވާފައެވެ.

ޔުނިވާރސީޓިން މަޢުލުމާތުދެއްވާ ގޮތުގައި ދިރާސާގެ ފައިނަލް ރިޕޯރޓް އަންނަ ސެޕްޓެމްބަރ މަހު އާންމު ކުރައްވާނެއެވެ.

މި ދިރާސާކުރުމަށް ޤައުމީ ޔުނިވާރސިޓީއާއި ޙަވާލްކުރައްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު