މާރަންދޫ ކައުންސިލުން މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
25 Aug 2024
ހަބަރު

ހއ. މާރަންދޫ ކައުންސިލުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނަސީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހއ. މާރަންދޫގައި ދަނޑުވެރިކަން އަލުން ދިރުވައި، ތަރައްޤީކުރުމާ ގުޅޭ ކަންކަމެވެ. މީގެ ތެރޭގައި ރުއް އާލާކުރުމާއި، ރުކަށް ޖެހިފައިވާ ބަލިތަކުން ރުއްތައް ރައްކާތެރިކުރުމުގެ މައްސަލަތައް ހިމެނެއެވެ.

އަދި ދަނޑުވެރިންނަށް ބިން ދޫކުރުމާއި، އަލަށް ދަނޑުވެރިކަން ފަށާ ފަރާތްތަކަށް ބިން ދޫކުރުމުގައި ކައުންސިލުން ނިންމާފައިވާ ނިންމުންތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ. ހއ. މާރަންދޫއަކީ ކުރީގައި ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއް ނަމަވެސް، ފަހަކަށް އައިސް މި ދާއިރާއިން ފަހަތަށް ޖެހިފައިވާ ރަށެކެވެ. މި ހާލަތު ބަދަލުކުރުމަށްޓަކައި، ދަނޑުވެރިންނަށް އިތުރު ތަމްރީނު ދިނުމާއި، ޒަމާނީ ދަނޑުވެރިކަން ތަޢާރަފުކުރުމާއި، ދަނޑުވެރި ނަފާ ލޯނު ފަދަ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މިނިސްޓްރީގެ ފަރާތުން ވަނީ ހއ. މާރަންދޫގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ ފަންނީ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލުން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ، އެކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު