ރައީސް ޑރ. މުހައްމަދު މުއިއްޒު

ޑިވަލަޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއާޕާސަން އަދި ސީ.އީ.އޯ ކަމަށް އައްޔަން ކުރާ ބޭފުޅުންނާއި ރައީސް ބައްދަލަލުކުރައްވައިފި

އަލީ ޝާހީން
26 Aug 2024
ހަބަރު

މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން އަދި ސީ.އީ.އޯ ކަމަށް ޢައްޔަނުކުރާ ބޭފުޅުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވައިފިއެވެ. 

ރައީސް އޮފީހުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާ ވިދާޅުވީ ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން އަދި ސީ.އީ.އޯ ކަމަށް ޢައްޔަނުކުރާ ބޭފުޅުންނާ މިވަގުތު ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. 

އާންމުކުރި ވީޑިއޯގައި ރައީސް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މި ފެށެނީ ވަރަށް ތާރީހީ ކަމެއްކަމަށާއި މިކަމަކީ ރާއްޖޭގެ އިޤްތިސޯދު ފުޅާކުރުމަށާއި އިޤްތިސޯދު ޑައިވާސިފައި ކުރުމަށާއި އަދި އިޤްތިސޯދު ކުރިއަށް ގެންދިއުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށެވެ. 

 މީގެ އިތުރުން ރައީސް ވިދާޅުވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ އުފެއްދުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަދި މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއްވައުދުކަމަށެވެ. އަދި މި ބޭންކުގެ ޗެއާޕާސަން އަދި ސީ.އީ.އޯ އަކަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެކި ތަންތާގައި މަސައްކަތް ކުރައްވާފައިވާ ވަރަށް ތަޖުރިބާ ހުރި ދެބޭފުޅުން ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ވެގެންދާނީ ރާއްޖޭގައި އެކި ދާއިރާތަކަށް އިންވެސްޓް ކުރަންބޭނުންވާ ފަރާތްތަކަށް ހަބެއްގެ ގޮތުގައިކަމަށެވެ. 

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު