ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރު މިއަދުވެސް ކޮމިޓީއަށް ހާޒިރުނުވޭ

އައިޝަތު ޝިއުރާ
16 Jul 2024
ހަބަރު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް އެމައްސަލަ ފަށަން ތާވަލުކޮށްފައި އޮތް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވެސް ވަޑައިނުގެންނެވޭކަން އަންގަވައިފިއެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށްވެސް އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރު ވަޑައިނުގަންނަވައެވެ. އެހެންކަމުން މިއަދު 11 ޖަހާއިރު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ތާވަލުކުރިއެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވީ މިއަދުގެ ބައްދަލުވުމަށްވެސް ވަޑައިނުގެންނެވޭނެކަން ގަވަރުނަރު އަންގަވާފައިވާކަމަށެވެ. ދެ ދުވަހުގެ ލީވެއްގައި ގަވަރުނަރު ހުންނެވިކަމަށް އަންގަވާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން ގާސިމް ހުށަހެޅުއްވީ މާދަމާ އަށް ކޮމިޓީ ބައްދަލުވުމެއް އެޖެންޑާކުރުމަށްފަހު އަނެއްކާވެސް ދައުވަތު އެރުވުމަށެވެ. އެހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ގާސިމް ވިދާޅުވީ މާދަމާގެ ބައްދަލުވުމަށް ގަވަރުނަރު ވަޑައިގެންނެވިއަސް ނުގެންނެވިއަސް ގަވަރުނަރުކަމުގެ މަގާމުން ހާޝިމް ވަކިކުރުމުގެ މައްސަލައިގެ ރިޕޯޓާމެދު މާދަމާ ގޮތެއް ނިންމަވާނެކަމަށެވެ.

ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ރައީސް ޑރ މުއިއްޒަށް ލަފާދިނުމަށް މާލިއްޔަތު ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.

ގަވަރުނަރުކަމުގެ މަގާމުން ހާޝިމް ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއެވެ.

ހާޝިމް މަގާމުން ވަކިކުރަން ނާޒިމް ހުށަހެޅުއްވީ ގައުމުގެ އިގްތިސާދު ހީނަރުވެ އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސާދު ނިކަމެތިވެގެންދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވިފައިނެތްކަމަށް ވިދާޅުވެއެވެ. އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ކުރިޔަށްދާތަން ފެންނާކަށް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

އެތުހުމަތުތަކަށް ގަވަރުނަރު ވަނީ އިއްޔެ ރައްދުދެއްވާފައެވެ. އެގޮތުން ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު