ފުލުސް އޮފީސް - ފޮޓޯ: ގޫގުލް

ބަނގުރަލާއެކު ހައްޔަރު ކުރި އިންޑިއާއަށް ނިސްބަތްވާ ދެ މީހެއްގެ އަތުން ވަގު ޑޮލަރުތަކެއް ފެނިއްޖެ

އަލީ ޝާހީން
26 Aug 2024
ހަބަރު

ފިހާރައެއްގައި ބަނގުރާވިއްކި އިންޑިއާއަށް ނިސްބަތްވާ ދެ މީހެއްގެ އަތުން ވަގު ޑޮލަރުތަކެއް ފެނިއްޖެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 43އ، އަދި 24އ،ގެ ފިރިހެެނެކެވެ. މި ދެ މީހުންގެ މައްޗަށްވެސް ކުރަނީ ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތެވެ.

މި ދެ މީހުންނާއި ގުޅޭ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައި ވަނީ މާލޭގެ ފިހާރައެއްގައި ބަނގުރާ ވިއްކާ ކަމަށް ޕޮލިސް ކޮމާންޑް ސެންޓަަރަށް ދިން މައުލުމާތަކާއި ގުޅިގެން ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން އެ ފިހާރަ ބަލައި ފާސް ކުރުމުން ގުދަނުން ގިނަ އަދަދެއްގެ ބަނގުރާ އަދި ފައިސާ ފެނިފައިވާއިރު، ވަގުތު ޑޮލަރުވެސް ފެނިފައިވާ ކަަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައިވާ ކަމަށެވެ.

މި ދެ މީހުންނަކީވެސް އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް އުޅޭ ދެ މީހުން ކަމަށްވާއިރު، ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަށް ވަނީ އިއުތިރާފްވެފައެވެ. އަދި މިކަން ކުރަނީ ވެރިންނަށް ނޭނގި ކަމަށްވެސް ބުނެފައި ވެއެވެ.

ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު