ކައުންސިލްތަކުގެ އޯޑިޓް ކުރާ ސިސްޓަމް ރަނގަޅު ކުރުމަށް މަސައްކަތްކުރާނަން: މިނިސްޓަރ އާދަމް ޝަރީފް

އައިޝަތު ޝިއުރާ
26 Aug 2024
ހަބަރު

ކައުންސިލްތަކުގެ އޯޑިޓް ކުރެވޭ މިންވަރާއި އޯޑިޓް ކުރާ ސިސްޓަމް ރަނގަޅު ކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއާއި އޯޑިޓް އޮފީހުގައި މަޝްވަރާކޮށް އެކަން ކަން ރަނގަޅު ކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ތ. ދިޔަ މިގިލީ ކައުންސިލް އިދާރާގެ ތިޖޫރިން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން އޯޑިޓް ރިޕޯރޓުން ދައްކާފައިވާތީ އެއީ އެރަށު ކައުންސިލުން ވޭތުވެދިޔަ 25 އަހަރު ތެރޭގައި ހެދި ފުރަތަމަ ރިޕޯރޓްކަމަށް ހަވާާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވާ އާރޓީކަލް ޓެގް ކުރައްވައި ވަޒީރު ވިދާޅުވި ވިދާޅުވުމެކެވެ.

"ކައުންސިލްތަކުގެ އޯޑިޓް ކުރެވޭ މިންވަރާއި އޯޑިޓް ކުރާ ސިސްޓަމް ރަނގަޅު ކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއާއި އޯޑިޓް އޮފީހުގައި މަޝްވަރާކޮށް މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކައުންސިލްތަކުގައި ހިންގުން ހަރުދަނާ ކުރާނަން" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު