ދުވާފަރުގައި އައިޔޫއެމްގެ ކޯސްތަކެއް ފެށުމަށް މަޝްވަރާކޮއްފި

އައިޝަތު ޝިއުރާ
26 Aug 2024
ހަބަރު

ރ.ދުވާފަރު ކައުންސިލްގެ ބައެއް އިސްބޭފުޅުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓިގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުގެ މަޤްސަދަކީ ރ.ދުވާފަރު ކައުންސިލާއި ގުޅިގެން އެރަށުގައި އައިޔޫއެމްގެ ކޯސްތަށް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، ޤިރާޔަތު ކޯސްތަކާއި، ހިފްޡްކުރުމުގެ ކޯހުގެ އިތުރުން ޤުރުޢާނާއި ގުޅޭ ކޯސްތަކާއި އެހެނިހެން ދާއިރާތަކުގެ ކޯސްތަށް ރ.ދުވާފަރުގައި ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި، އައިޔޫއެމްގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންޗެލަރ، ޑރ. ޢަލީ ޒާހިރްގެ އިތުރުން އެ ޔުނިވާސިޓިގެ ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ރ.ދުވާފަރު ކައުންސިލްގެ ފަރާތުން އެ އިދާރާގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަކީ އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަށް އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މިހާރު ވެސް، ތަފާތު އެތަށް ކޯސްތަކެއް ކުރިއަށް ގެންދަމުންދާ ޔުނިވާސިޓީއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު