ސިވިލް އިންޖިނިއަރުންގެ ޖަމްޢިއްޔާގެ ޓީމެއް ތިލަމާލެ ބްރިޖް ސައިޓަށް ޒިޔާރަތްކޮށްފި

އައިޝަތު ޝިއުރާ
26 Aug 2024
ހަބަރު

ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ސިވިލް އިންޖިނިއަރުންގެ ޖަމްޢިއްޔާގެ ފަރާތުން އެޖަމިއްޔާގެ ޓީމެއް ބްރިޖްގެ ކޮންސްޓްރަކްޝަން ސައިޓަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި ބައިވެރިވި ސިވިލް އިންޖިނިއަރުންނަށް ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެކި ބައިތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި، މަޝްރޫޢުގެ ޓެކްނިކަލް މަޢުލޫމާތު އޮޅުންފިލުވުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. މިއީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިސްފްރަސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް އިސްނަންގަވައިގެން މިފަދަ ތާރިޙީ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ދާ ފަންނީ އަދި ސްޓްރަކްޗަރަލް މަސައްކަތާއި މިންވަރު ބެލުމުގެ ފުރުސަތު އެކި ބެކްގްރައުންޑް ތަކުގެ ދަރިވަރުންނަށާއި މިކަމުގެ ދިރާސާތައް ކުރާ މާހިރުންނަށް ފަހިކޮއްދެއްވުމުގެ ގޮތުން ރާވާ ހިންގަވަމުން ގެންދަވާ ޒިޔާރަތްތަކެކެވެ.

މިފަދަ ޒިޔާރަތްތަކުން ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގެ ތަޖުރިބާކާރުންނަށް މި މަޝްރޫޢުން ގިނަގުނަ ފައިދާތަކަކާއި އާ މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވައެވެ. ދިގުމިނުގައި 6.9 ކިލޯމީޓަރ ހުންނަ ތިލަމާލެ ބްރިޖަކީ ސަރުކާރުން އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މެގަ އެއް މަޝްރޫއެކެވެ. މިހާތަނަށް މަޝްރޫއުގެ 40 ޕަސެންޓަށްވުރެ ބޮޑުބައި ނިމިފައިވާއިރު ބްރިޖުގެ މަސައްކަތް އެކީ ނިންމުމަށް 500 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު