އެމްޓީސީސީގެ މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
26 Aug 2024
ހަބަރު

މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ޡާއަމް މުޙައްމަދު، ޑެޕިއުޓީ މިނިސްޓަރ އަލީ ސަލީމް އަދި ޓެކްނިކަލް ޓީމުން އެމްޓީސީސީގެ އާ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ އާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވުނު މި ބައްދަލުވުމަކީ އެމްޓީސީސީގެ އައު މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ބޭއްވުނު ރަސްމީ ތަޢާރަފު ބައްދަލުވުމެކެވެ. ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ޡާއަމް މުޙައްމަދު އަދި ޑެޕިއުޓީ މިނިސްޓަރ އަލީ ސަލީމް ވަނީ ބައިވެރިވެވަޑައިގެން އައު މެނޭޖިންގް ޑިރެކްޓަރަށް މަރުހަބާ ދަންނަވާފައެވެ.

ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ 2 ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި ހަސަން މުޣްނީގެ އިތުރުން ކުންފުނީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އިތުރަށް މަޝްވަރާކުރެވުނީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މުސްތަޤްބަލްގައި އާ މެނޭޖްމަންޓްގެ ދަށުން ޕްރޮޖެކްޓްތައް ހިންގުމަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުންނާއި، މިވަގުތު ހިނގަމުންދާ މަޝްރޫއުތަކުގެ ދުވެލި އިތުރަށް ހަލުވި ކުރުމަށް ކުރެވެންހުރިކަންކަމާއި މިފަދަ މަސައްކަތްތައް ހިންގުމުގައި ކުންފުންޏަށް ދިމާވާ ޓެކްނިކަލް ގޮންޖެހުންތަކާއި އެފަދަ ކަންކަން ދެނެގަނެ ޕޮލިސީ ލެވެލްގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު