ޕީއެންސީ ޖަގަހަ ޖަލްސާއެއް މިރޭ

ޕީއެންސީ ހަރުގެ ޖަލްސާއެއް މިރޭ، ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ

އަލީ ޝާހީން
26 Aug 2024
ހަބަރު

ޕީއެންސީގެ ލީޑަރ، އަދި އެޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގަންނަވާ ޕީއެންސީ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން މި ޖަލްސާ އޮންނާނީ އެޕާޓީގެ ރަސްމީ ޖަގަހަ (ހ. ވެޔޮވިލާ، އާޓިފިޝަލް ބީޗް ކުރިމަތި)ގައި ކަމަށެވެ.

މި ޖަލްސާ މިރޭ 8:00 ގައި ފެށުމަށް ހަމެޖެހިފައިވާ ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވާ ގޮތަށްވެސް ހަމަޖެހިފައިބާ ކަމަށް ބުނެފައިވެއެވެ. 

އޭގެ އިތުރުން މި ޖަލްސާގައި ދެން ވާހަކަ ދެއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހުއާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު