ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުން- ފޮޓޯ: ސަން

މިއީ ހަރަދުތައް ކުޑަކުރަންޖެހޭ ވަގުތު ، ދަރަނި ރީސްޓަކްޗަރކުރުން ނޫންގޮތެއް ނެތް - އިލްޔާސް

އަލީ ޝާހީން
26 Aug 2024
ހަބަރު

މިއީ ހަރަދުތައް ކުޑަކުރަންޖެހޭ ވަގުތު ކަމަށާއި، ދަރަނި ރީސްޓަކްޗަރކުރުން ނޫންގޮތެއް ނެތްކަމަށ އިލްޔާސް ވިދާޅުވެއްޖެއެވެ. 

އިލްޔާސް ވިދާޅުވީ މިއީ ހަރަދުތައް ކުޑަކުރަންޖެހޭ ވަގުތު ކަމަށާއި، ދަރަނި ރީސްޓަކްޗަރކުރުން ނޫންގޮތެއް ނެތްކަމަށެވެ. މިގޮތުން ދަރަނި ރީފައިނޭންސްކޮށްގެން މިހާލަތުގައި ކުރެވޭނޭ ކަމެއް ނެތްކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ދައުލަތުގެ ދަރަނި އެހާބޮޑުވެގެން ދިޔައިރު، އެކަމަށް އަވަސްގޮތެއްގައި ފިޔަވަޅެއް ނޭޅުމީ ސަރުކާރުގެ މައްސަލައެއް ކަމަށާއި އަވަސްގޮތެއްގައި ހަރަދުކުޑަކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ.

މީގެއިތުރުން މި ސަރުކާރުގެ މާލީ ހިސާބުތައް ހާމަނުކުރާ ކަމަށް ބުނެ، ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި ހުސެއިން އަމްރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މި ވީ ދުވަސްތަކުގައި ސަރުކާރުގެ ސިޔާސަތުތައް ހުރިގޮތުން މާލީކަންކަން ބޮއްސުން ލައިގެން ގޮސްފައިވާކަމަށެވެ. އަމްރު ވިދާޅުވީ، މިދިޔަ ޖޫން މަހުން ފެށިގެން ސަރުކާރުގެ މާލީ ހިސާބު ހާމަނުކުރާކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު