ޚާރިޖީ ވަޒީރު މޫސާ ޒަމީރު

މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅުކުރަން ޚާރިޖިއްޔާއިން ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވެއްޖެ

އަލީ އަޒްލީފް
26 Aug 2024
ހަބަރު

ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި، ބޭރުގެ އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު ބައްދަލުކޮށް، ކުރެވެމުންދާ މަޝްވަރާތަކުގައި ކުރިއެރުންތައް ލިބިފައިވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބަދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޒަމީރު ވިދާޅުވީ އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމަށް ދައްކަން ޖެހޭ ލޯނު ދެއްކުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށާއި، އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ކުރައްވާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައިވަނީ ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމުގެ އުންމީދު ބޮޑުކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު