މެނޭޖްމަންޓް ސްޓްރެޓެޖީ އިވެލުއޭޝަން ތަމްރީން ޕްރޮގްރާމް ފަށައިފި

އަލީ އަޒްލީފް
26 Aug 2024
ހަބަރު

ދިވެހިރާއްޖެއާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއާއި ގުޅިގެން، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި މަސްވެރިކަން ރާވާ، ހިންގައި، ބެލެހެއްޓުމުގައި ސައިންސްގެ ދައުރު އިތުރަށް ފުޅާކުރުމާއި އަދި ބެލެހެއްޓުމުގައި އަޅާ ފިޔަވަޅުތަކާއި ބެހޭ ގޮތުން އެއްބަސްވާއިރު އަމަލުކުރާނެ ގޮތްތަކާއި ބެހޭ މެނޭޖްމަންޓް ސްޓްރެޓެޖީ އިވެލުއޭޝަން ތަމްރީން ޕްރޮގްރާމް މިއަދު ބަޑޮސް މޯލްޑިވްސްގައި ފެށިއްޖެއެވެ.

މިތަމްރީން ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާއެވެ.

ޑރ. ޝާފިއާގެ ވާހަކަފުޅުގައި މިތަމްރީން ޕްރޮގްރާމްގެ މުހިއްމުކަމާއި އަދި އިންޑިއާ ކަނޑުގައި ކުރެވޭ މަސްވެރިކަން ރާވާ، ހިންގައި، ބެލެހެއްޓުމަށް އަޅާ ފިޔަވަޅުތަކުގައި އައްސޭރިފަށުގެ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިފަދަ ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަކީ އައްސޭރި ފަށުގެ ގައުމުތައް ބާރުވެރިކުރުމުގައި އިސް ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޑރ. ޝާފިއާ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ 16 ގައުމަކުން 36 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ވޯރލްޑް ބޭންކްގެ އެހީގެ ދަށުން ހިންގާ ޓްރާންސްފޯރމް ޕްރޮޖެކްޓްގެ އެހީގައި ބާއްވާ ތަމްރީން ޕްރޮގްރާމްއެކެވެ.

ތިން ދުވަހުގެ މުއްދަތައް ބާއްވާ މިތަމްރީން ޕްރޮގްރާމްގައި ފަންނީ މާހިރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ސައުތު ޕެސިފިކްގެ ސައިންޓިސްޓުންނާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމެޓީގެ ޗެއަރ އަދި އެކި ކޮމެޓީތަކުގެ އެންމެ ފުންނާބު އުސް ސައިންޓިސްޓުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު