ވަޒީރު އިހްސާން - މަޖިލީސް

ކޮރަޕްޝަން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހެން ރައީސް އިރުޝާދުދެއްވާ - އިޙްސާން

އަލީ ޝާހީން
27 Aug 2024
ހަބަރު

ޔުނިފޯމް އެޅި މުއައްސަސާތަކުން ޤާނޫނާ ޚިލާފްވުން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިރުޝާދުދެއްވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިމިވަނީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ވަގުތެއްގައެވެ.

ޤާނޫނު ތަންފީޒު ކުރައްވަން ތިއްބަވާ ބޭފުޅުން މަސައްކަތް ކުރައްވަނީ ވަރަށް ބޮޑު ރިސްކެއްގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޔުނިފޯމް އެޅި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާތަކުން ޤާނޫނާ ޚިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ރައީސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ.

މިކަން ކުރާނެ މަގު ޤާނޫނުން އެބައޮތްކަން ފެނިފަ. ވިލްޕަވަރ ކުރިން ނެތީ. މައުލޫމާތުވެސް ނެތީއެއްނޫން. މިކަން ކުރަންވެސް ނޭނގެނީއެއްނޫން. މިއަދުގެ ރައީސް އެ ޑިޒިޝަން ނެންގެވުމުން މިކަމަށް ހުއްޓުމެއް އަންނަން ޖެހޭ ކަމާއި މިކަމަށް ފިޔަވަޅު އަޅަން ޖެހޭކަން އަޅުގަނޑުމެންނަށް އަންގާ އިދާރާތަކުން އަޅަން ފެށި ފިޔަވަޅުތަކުން އަޅުގަނޑަށް ހީވަނީ ސަރުކާރަކުން ނެގި ވަރަށް ސްޓްރޯންގް ސްޓޭންޑެއް ހެން. 

ވަޒީރު އަލީ އިޙްސާން

މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ހުރިހާ މުއައްސަސާތަކެއްގައި ކުރިއަށްގެންދަވާނެ ކަމަށެވެ.

ކަރެކްޝަންސްގެ 13 އޮފިސަރެއް ޙައްޔަރުކޮށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ފޮނުވުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވަނީ ފުލުހުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އުފައްދާފައިވާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްފިނަމަ ރާއްޖެއިން ކޮރަޕްޝަން ހުއްޓުވިދާނެކަން ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވައިފި ކަމަށެވެ.

ޤަވާއިދާ ޚިލާފަށް މާފުށީ ޖަލަށް ތަކެތި ވައްދާކަމުގެ ތުހުމަތުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ހައްޔަރުކުރީ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ.

ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމްގެ ނަމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤުގެ މައްޗަށެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު