ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި ޕީއެންސީ ޖަލްސާ— ވަގުތު އިމޭޖަސް

އިނާޔަތްތަކަށް ބަދަލުގެންނަން ޖެހިދާނެ - ފަލާޙް

އަލީ ޝާހީން
27 Aug 2024
ހަބަރު

އިނާޔަތްތަކަށް ބަދަލުގެންނަން ޖެހިދާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރެއް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ދެއްވައިފިއެވެ. މި އިންޒާރު އޭނާ ދެއްވީ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވުނު ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ފަލާހުގެ ވާހަކަފުޅުގައި ޚާއްޞަ އަމާޒެއް ހިފާފައިވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ދެ ރައީސުން ދައުލަތުގެ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވާއިރު، އެ ބޭފުޅުންނަށް ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުމުގެ ވާހަކަ ދައްކަވަން ޖެހޭނެއެވެ.

ފަލާހު ވަނީ ޚާއްޞަކޮށް ރައީސް ނަޝީދަށް އަމާޒުކޮށް، މިހާރުވެސް ރާއްޖެއިން ބޭރުގައި ވަޒީފާއެއްގައި ހުންނެވީ ކުރީގެ ރައީސުންގެ އިނާޔަތާއި ސެކިއުރިޓީ ވެސް ނަންގަވައިގެން ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިކަމަށް އަހަރަކު ހަތަރު ނުވަތަ ފަސް މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު