ރައީސް ޑރ.މުއިއްޒު ޖަލްސާގައި ވާހަކަ ދައްކަވަނީ..

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެއްވެސް ލިސްޓެއްގައި ރައީސްގެ ނަން ނޯންނާނެކަމުގެ ޔަގީންކަން ދެއްވައިފި

އަލީ ޝާހީން
27 Aug 2024
ހަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެއްވެސް ލިސްޓެއްގައި ރައީސްގެ ނަން ނޯންނާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. 

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެމްޑީޕީ ސަރުކާރުން އެކި ފަހަރުމަތިން ނެރުނު އެއްވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަންފުޅު ނޯންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައިސް ޑރ. މުއިއްޒަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ދައްކަމުންދާ ވާހަކަތަކަށް އެމަނިކުފާނު ރޭ ވަނީ ރައްދު ދެއްވާފައެވެ. ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުއްވަމުންދާ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ އެއްވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަންފުޅު ނޯންނާނެ ކަމަށެވެ.

އެ ލިސްޓުގައި ތިބި މީހުންނަކީ ޑޮލަރު މާރުކުރުމާއި އެކި ގޮތްގޮތުން އެ ޚިޔާނާތުގައި ހިމެނޭ މީހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއިން އެއްވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަން އެއްވެސް އިރެއްގައި ހިމެނިފައި ނެތްކަން އެމަނިކުފާނު ވަނީ ޔަޤީންކަމާއެކީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު