މިގަރުނު އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނާގައި އަލީ އަޝްފާގު - ފޮޓޯ: މައިލޯ ސިޓީ

މިގަރުނު އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނާގައި އަލީ އަޝްފާގު

އަލީ ޝާހީން
27 Aug 2024
ހަބަރު

މިގަރުނު އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނާގައި އަލީ އަޝްފާގު ހިމެނިއްޖެއެވެ. 

ދިވެހިގެ މެދުގައި އެންމެ މަގުބޫލް ކުޅިވަރު ފުޓްބޯޅަ އިން އަޝްފާގު ހޯދާފައިވާ ކާމިޔާބުތަކަކީ މުޅި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެކެވެ. އޭގެ ތެރޭގައި، މިގަރުނު އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނާގައި މެސީ އާއި ރޮނާލްޑޯގެ ފަހަތުން ހިމެނުމަކީ މިކާމިޔާބީތަކަށް އިތުރުވެގެންދިޔަ އިތުރު ކާމިޔާބިއެކެވެ. 

މީގެ އިތުރުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި އަޝްފާގް ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 2012 ވަނަ އަހަރު އީއެސްޕީއެން އިން ހޮވި އެންމެ އުންމީދީ ޒުވާން 10 ކުޅުންތެރިންގެ ތެރޭގައި ހިމެނުމާއި، މެލޭޝިއާ ސުޕަރ ލީގުގައި އާޖެންޓީނަގެ ކުރީގެ ތަރި ޕައުލޯ އައިމާ ކުޅެމުންދަނިކޮށް 2014 ވަނަ އަހަރުގެ މެލޭޝިއާ ލީގު ބެސްޓް ފޮރިން ޕްލޭޔަރ ގެ މަގާމު ހޯދުން ހިމެނެއެވެ.

ގައުމީ ޓީމަށް ހަ ހެޓްރިކް ކާމިޔާބުކޮށްދީފައިވާއިރު، އޭގެ ތެރޭގައި 2013 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕްގައި، ސްރީލަންކާ ކޮޅަށް ކާމިޔާބުކުރި ހަ ލަނޑަކީ ސަރަހައްދީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް އެއްމެޗެއްގައި، (އޭޝިއާއަށް ނިސްބަތްވާ ކުޅުންތެރިއަކު) އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑެވެ. މީގެ އިތުރުން 2013 ވަނަ އަހަރު އިންޑޮނޭޝިއާގައި އެގައުމުގެ ޕާސިބޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ފަސް ލަނޑާއެކު އޭއެފްސީ ކަޕްގެ ތާރީޚްގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ވެސް އޮތީ އަޝްފާގް އަތުގައެވެ. 

އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ކުލަބު ވެލެންސިއާ އިން ފުޓްބޯޅަ ކެރިއަރުފެށި އަޝްފާގް ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނު މެޗަކީ 2003 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގ މޮންގޯލިއާއި ދެކޮޅަށް ކުޅުނު މެޗެވެ. އަދި އެމެޗުގައި އަޝްފާގު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އޭގެ ފަހުން މިހާތަނަށް ގައުމީ ޓީމަށް 98 މެޗުކުޅެ 58 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން ކުލަބު ކެރިއަރުގައި މިހާތަނަށް 457 މެޗު ކުޅެ 409 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު