މާލޭސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ހަތަނެއް އިންސްޕެކްޓްކުރުން

އާންމު ޞިއްޙަތާއި ގުޅުންހުރި އާންމުންގެ ޝަކުވާތަކާއި ގުޅިގެން މާލޭސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ހަތަނެއް އިންސްޕެކްޓްކޮށްފި

އަލީ ޝާހީން
27 Aug 2024
ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމާއި އާއްމު ޞިއްޙަތާއި ގުޅުން ހުރި މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން މާލޭސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ހަތަނެއް އިންސްޕެކްޓްކޮށްފިއެވެ.

މި އިންސްޕްކްޝަން ކުރިއަށް ގެންދެވިފައި ވަނީ މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.

އިންސްޕެކްޝަން ކުރިޔަށް ގެންދެވުނު 6 ތަނަކީ: 

1- މެމްބަރ ހޮޓެލް / މ. ކަފަގަސްދޮށުގެ

2- 1979 ޝޮޕް /

3- ދޮންމަނިކް / މ. ހުއިވަނި

4- ކެފޭ ކޯނަރ / މ. ހަނީ ސަކުލް

5- ދަ ކެބިން ( ޓޭކްއަވޭ ) / މ. ހަނީ ސަކުލް

6- މއ. ހަނީ ސަކަލް ( ގޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބަދިގެއެއް )

މިތަންތަނުގެ ތެރެއިން ތަނުގެ ޢާއްމުސާފުތާހިރުކަން ދަށްވުމުގެ ސަބަބުންނާ، ޢާއްމު ޞިއްޙަތަށް ނުރައްކާވެދާނޭ ޙާލަތެއް މެދުވެރި ވެދާނޭކަމަށް ފާހަގަކުރެވޭތީ މެމްބަރ ހޮޓެލް / މ. ކަފަގަސްދޮށުގެ، ދަ ކެބިން ( ޓޭކްއަވޭ ) / މ. ހަނީ ސަކުލް އަދި މއ. ހަނީ ސަކުލް ގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އައި ބަދިގެއަށް ވަނީ ނޯޓިސް ދީފައެވެ. އަދި މިދެންނެވުނު ތަންތަނުގައި ހަރުކޮށްފައިވާ ނޯޓިސް ނައްޓައި ޚިދުމަތް ކުރިޔަށް ގެންދެވޭނީ އެފަރާތްތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްފަހު އެކަން އެންގުމުން ، ބަލައި ފާސްކޮށް ކަށަވަރު ކުރުމަށްފަހުގައެވެ.

މީގެ އިތުރުން އާންމު ޞިއްހަތަށް ނުރައްކާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ގެންދިޔަ 10 ތަނެއް ހުޅުމާލެއިންވެސް ވަނީ މިދިޔަ ހަފްތާގައި އިންސްޕެކްޓްކޮށް ވަނީ ނޯޓިސް ދީފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ސްޕެޝަލް އޮޕަރޭޝަންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުޅުމާލޭ ފޭސް 2 ގެ 8 ތަނެއް ބަލާފާސްކޮށް އެތަންތަނުގައި ފެނާ ކަރަންޓުގެ އެއްވެސް ޚިދުމަތެއް ނެތި ޢާއްމުސާފުތާހިރުކަން ދަށްކޮށް މަސައްކަތް ކުރަމުން ދާތީ، މިކަމަކީ ޢާއްމު ޞިއްޙަތަށް ނުރައްކާވެދާނޭ ޙާލަތެއް މެދުވެރި ވެދާނޭކަމަށް ފާހަގަކުރެވޭކަމަކަށްވާތީ މިތަންތަނަށްވެސް ވަނީ ނޯޓިސް ދީފައެވެ.

އަދި ގެސްޓް ހައުސްގެ ގޮތުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ކާބޯތަކެތީގެ ޚިދުމަތްދެމުންދިޔަ ދެ ތަނެއްވެސް ވަނީ މި އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބަންދުކޮށްފައެވެ. އެ ތަންތަން ފާހަގަވެފައިވަނީ ސާފުތާހިރުކަން ކުޑަ ތަންތަނުގެ ގޮތުގައެވެ. މި ދެ ތަން ހިންގަމުން އައީ މ. އެކިފަރު އަދި ހ. ބިއަންކާ ގޭގައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު