ވީއައިއޭ ގައި ހުޅުވި މޮނިއުމެންޓު - ފޮޓޯ: އެމްއޭސީއެލް

ވީއައިއޭ އަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހެދި މޮނިއުމެންޓު ހުޅުވައިފި

އަލީ ޝާހީން
12 Jul 2024
ހަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ މޮނިއުމެންޓު ހުޅުވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު [ވީއައިއޭ] ގައި ބޭއްވި ހައްސަ ރަސްމިއްޔާތެއްގައި ވަނީ މަރުހަބާ ކިޔުމަށް ތައްޔާރު ކޮށްފައިވާ މޮނިއުމެންޓް ހުޅުވާފައެވެ. އެ މޮނިއުމެންޓް ހުޅުވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ.

ވީއައޭގައި ހުޅުވި މި މޮނިއުމެންޓުގައި ވެލާނާ އެއާޕޯޓުގެ ނަން ބޯޑަކާއި އޭގެ މަތީގައި ބޮޑުގަޑިއެއް ބަހައްޓާފައިވެއެވެ. އަދި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ބޭނުންކުރާ ދިވެހި ގަލުވަޑާމުގެ ފަރުމާވެސް މި މޮނިއުމެންޓުގައި ބޭނުންކޮށްފައިވެއެވެ.

އެ މޮނިއުމެންޓް ހުންނަނީ ސިނަމާލެ ބުރިޖާ ގުޅިފައިވާ ހަލިމަގުން އެއާޕޯޓަށް ވަންނަ ދިމާލުގައި ޕޮލިސް ޕޯޓް ކައިރީގައެވެ. އެމްއޭސީއެލްއިން ބުނީގޮތުގައި އެ މޮނިއުމެންޓްގައި ހަރުކޮށްފައިވާ އެލްއީޑީ ސްކްރިނުން އެއާޕޯޓްގައި މިހާރު ކުރިއަށްދާ ކަންތައްތައް ފެންނާނެ ކަމަށެވެ. މީގެ އިތުރުން އެމްއޭސީއެލް އިން ބުނީ މިއީ އެއާޕޯޓްގެ މަލަމަތި ރީތިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބެހެއްޓި މޮނިއުމެންޓެއް ކަމަށެވެ.

އެމްއޭސީއެލް އިން ހާމަ ކުރެއްވި ގޮތުގައި، މިހާރު ކަސްޓަމަރުންނަށް ފަސޭހަވާނެހެން އެއާޕޯޓްގެ ތްރެފިކް ފްލޯއަށް ބަދަލުތައް ގެނެއުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުންދެއެވެ. 

ވީއައިއޭގައި ތައްޔާރުކުރި މޮނިއުމެންޓަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާ މަސައްކަތެއްކަމުގައި ނުވިނަމަވެސް މިސަރުކާރުން މިވަނީ މި މޮނިއުމެންޓް ތައްޔާރުކޮށް ހުޅުވައިލާފައެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު