އދ ދިއްދޫ - ފޮޓޯ: ގޫގުލް

ދިއްދޫ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓަށް ފޭކު ބެންކު ސްޓޭޓްމަންޓެއް ހުށަހަޅައިފި

އަލީ ޝާހީން
27 Aug 2024
ހަބަރު

އދ. ދިއްދޫ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓަށް އެ ކައުންސިލުން ފޯޖުކޮށްފައިވާ ފޭކު ބެންކު ސްޓޭޓްމަންޓެއް ހުށަހަޅައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓްގައި ބުނާގޮތުން ދިއްދޫ ކައުންސިލުގެ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓަންޓް ކައުންސިލް އިދާރާގެ ބޭންކް ސްޓޭޓްމަންޓު ފޯޖުކޮށް އޮޑިޓަށް ހުށަހަޅާފައި ވަނީ ފޭކު ސްޓޭޓްމަންޓެއް ކަމަށެވެ.

އެގޮތުން ކައުންސިލްގެ އިދާރާގެ ތިޖޫރީގައި 3 އޮގަސްޓު 2022 ވަނަ ދުވަހު ހުރި ފައިސާގެ ތެރެއިން 5،500 ރުފިޔާ އެ އިދާރާގައި މަސައްކަތްކުރަމުންދާ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓަންޓާއި ހަވާލުކޮށްފައިވީ ނަމަވެސް މި ފައިސާ ކައުންސިލް އިދާރާގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަން އޮޑިޓުން ވަނީ ފާހަގަވެފައެވެ. އަދި އެ ފައިސާ ބެންކު އެކައުންޓަށް ޖަމާކުރިކަން އެ އިދާރާގެ ބޭންކު ސްޓޭޓްމަންޓުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ކަމާއި ގުޅިގެން އެފަރާތާއި ސުވާލުކުރުމުން 17 ޖުލައި 2023 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އިދާރާގެ ބެންކު އެކައުންޓަށް ޖަމާކުރި 25،000 ރުފިޔާގެ ތެރޭގައި އެ 5،500 ރުފިޔާ ހިމެނޭ ކަމަށާއި ދެން އެ ހިމެނެނީ އިދާރާއަށް ކުލީގެ ގޮތުގައި ލިބުނު 19،500 ރުފިޔާ ކަމަށް އެ ކައުންސިލުގެ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓަންޓް ވަނީ ބުނެފައެވެ. ނަމަވެސް އޮޑިޓަރުން އިތުރަށް ބެލިބެލުމުން މި 25،000 ރުފިޔާއަކީ އެ އިދާރާއަށް ލިބިފައިވާ އެހީކަން އޮޑިޓަށް ވަނީ ފާހަގަކުރެވިފައެވެ.

އޮޑިޓަށް މިކަން ފާހަގަކުރެވުމުން މި 5،500 ރުފިޔާ އޮޅިގެން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރެވުނު ކަމަށާއި އެ ފައިސާ އަނބުރާ ރައްދުކޮށްދޭނެ ކަމަށް އޭނާ ވަނީ 11 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެއްބަސްވެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނާގޮތުން އިދާރާގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް ބުނެ 13ނޮވެމްބަރު 2023 ވަނަ ދުވަހު އެފަރާތުން އޮޑިޓަށް ބެންކު ސްޓޭޓްމަންޓެއް ހުށަހަޅާފައިވާއިރު، މި ސްޓޭޓްމަންޓުގައި އެންމެ ފުރަތަމަ އެއިދާރާގެ އޮޑިޓަށް ހޯދި ސްޓޭޓްމަންޓުގައި ނެތް 19 ޖުލައި 2023 ގައި ޖަމާކޮށްފައިވާ އިތުރު 25،000 ރުފިޔާ ހުއްޓެވެ. އެހެންކަމުން އެ ފަރާތުން އޮޑިޓަށް ހުށަހެޅި ބެންކު ސްޓޭޓްމަންޓަކީ އޮޅުވާލުމުގެ ގޮތުން އަމިއްލައަށް ފޯޖޮކޮށް އޮޑިޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓެއް ކަމަށް އޮޑިޓް އޮފީހުން ބުނެފައި ވެއެވެ..

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު