އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ފޮޮޓޯ/ އެމްޑީޕީ

މުއިއްޒު ހިމެނޭހެން ސަރުކާރުގެ ވެރިން ބީއެމްއެލްގެ ނިންމުމާ ގުޅޭގޮތުން ދެއްކި ވާހަކަފުޅުތަކަކީ މާލީ ނިޒާމު އެއްކޮށް ފުނޑޭވަރުގެ ވާހަކަފުޅުތަކެއް - ފައްޔާޒު

އަލީ ޝާހީން
27 Aug 2024
ހަބަރު

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނޭހެން ސަރުކާރުގެ ވެރިން ބީއެމްއެލްގެ ނިންމުމާ ގުޅޭގޮތުން ދެއްކި ވާހަކަފުޅުތަކަކީ މާލީ ނިޒާމު އެއްކޮށް ފުނޑޭވަރުގެ ވާހަކަފުޅުތަކެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ، ޑޮލަރު ލިމިޓް މައްސަލައިގައި އާދިއްތަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން އާންމުކުރި ވަގުތާއި، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރާވައިގެން ކުރި ކަމެއްކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.

ސަބަބަކަށް އޭނާ ފާހަގަކުރެއްވީ އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމަކީ މާ ދުރާލައި އިޝްތިހާރުކޮށް، އޮންނާނެކަން އަންގައިގެން ތައްޔާރުވެގެން ބޭއްވި ބައްދަލުވުމަކަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅޭގޮތުން ދެއްކި ވާހަކަފުޅުތަކަކީ މާލީ ނިޒާމު އެއްކޮށް ފުނޑޭވަރުގެ ވާހަކަފުޅުތަކެއް ކަމަށް ފާހަގަކޮށް ފައްޔާޒު ވިދާޅުވީ 

މިއަދު ދައުލަތުގެ އިސްވެރިޔާ ނުކުންނަވާ އެ ބޭފުޅާގެ ކޮންޓްރޯލް އޮތް ބޭންކަކުން އެ ބޭފުޅާގެ ވެރިކަން ބަދަލުކުރަން އޮޕޮޒިޝަނާ އެކު މަސައްކަތްކުރީއޭ ބުނީމާ އަނެއްކާ ވެސް ބޭންކް އޮފް މޯލްޑިވްސް ބޮލުގައި ވަރަށް ބޮޑު ބަދުނާމެއް ދުނިޔޭގެ މާލީ ނިޒާމު ތެރޭގަައި މި އެޅުނީ

މީގެ އިތުރުން މިއީ ބީއެމްއެލާ މެދު ބައިނަލްއަގުވާމީ އިދާރާތަކާއި ބޭންކުތަކުން ކުރާ އިތުބާރު ގެއްލޭނެ ކަމެއްކަން ފައްޔާޒު  ފާހަގަކުރައްވާފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު