ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ގޫގުލް

އަނެއްކާވެސް ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކާއި ބެހުނު މައްސަލައެއް!

އަލީ ޝާހީން
27 Aug 2024
ހަބަރު

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 12 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި އުމުރުން ދުވަސްވީ މީހާ ކޯޓުން ދޫކޮށްލުމުން، އަލުން އެ މީހާ ހައްޔަރުކޮށްފިއެވެ. 

ފުލުހުން ހާމަކުރެއްވި ގޮތުގައި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުގެ ރަށެއްގައި 12 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭޕްރީލް 28 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން 61 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މެއި 1 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، މި މައްސަލައިގެ ތަހުޤީގު ނިންމައި މެއި 29 ވަނަ ދުވަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައިވާ ކަމަަށެވެ. 

މީގެ އިތުރުން ޖުލައި ހަތަރު ވަނަ ދުވަހު ކޯޓުން ވަނީ އެމީހާ ވަނީ ދޫކޮށްލާފައެވެ. މިއާއެކު އެ މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށް މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އޮގަސްޓު ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރު ކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު