ކައުންސިލުތަކުގެ ހިންގުން ހަރުދަނާކުރުމާ ގުޅޭ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

އައިޝަތު ޝިއުރާ
27 Aug 2024
ހަބަރު

ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމާއި ކައުންސިލުތަކުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކައުންސިލުތައްހިންގުން ހަރުދަނާކުރުމާ ގުޅޭ 3 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފައްޓައިފިއެވެ.

ކިައުންސިލުތަކާއި ގުޅޭ މިނިސްޓްރީއާ ގުޅިގެން، އެލްޖީއޭގެ ފަރާތުން އޮންލައިންކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި 40 ރަށެއްގެ ރަށު ކައުންސިލުންނާއި 5 އަތޮޅެއްގެ އަތޮޅު ކައުންސިލުން ޖުމްލަ 170އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ލައްވައެވެ.

މިއަދު ހެނދުނު ފެށި، މި ޓްރޭނިންގ ޕްރޮގްރާމު ފައްޓަވައިދެއްވައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި އެލްޖީއޭއިން ކައުންސިލުތަކުގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލަށާއި، އެލްޖީއޭގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދެންނެވިއެވެ. އަދި މި ފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މި ޓްރޭނިންގ ޕްރޮގްރާމަކީ އޮންލައިންކޮށް ބާއްވާ ޓްރޭނިންގއަކަށް ވުމުން މި ކަމަށް މި ތިން ދުވަހު ޚާއްޞަ ސަމާލުކަމެއް ދެއްވައި، މި ކަމަށް ފޯކަސްކުރައްވައިގެން، އިޚްލާޞްތެރިކަމާއެކު ޓްރޭނިންގ ކުރިއަށް ގެންގޮސް ދެއްވުމަށް ޕްރޮގްރާމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިއަދުން ފެށިގެން މި މަހުގެ 29 އަށް އެލްޖީއޭގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ލިބި ކައުންސިލުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު