ވޯލްޑް ބެންކް - ފޮޓޯ: ގޫގުލް

ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދިނީ ފެންޝަން ނިޒާމު ބަދަލުކުރުމަށް

އަލީ ޝާހީން
16 Jul 2024
ހަބަރު

ރާއްޖޭގެ އިޤްތިސާދު ރަނގަޅުކޮށް ޚަރަދު ކުޑަ ކުރުމަށްޓަކައި ޕެންޝަން ނިޒާމު ބަދަލުކުރުމަށް ވޯލްޑު ބޭންކުން ރާއްޖެއަށް ލަފާދީފިއެވެ.

 ދެކުނު އޭޝިއާގެ ގައުމުތަކާ ބެހޭގޮތުން "ރީތިންކިން ސޯޝަލް ޕްރޮޓެކްޝަން އިން ސައުތު އޭޝިއާ: ޓްވާޑްސް ޕްރޮގްރެސިވް އުނިވާސަލިޒަމް" ގެ ނަމުގައި މި މަހު ނެރެފައިވާ ތަފްސީލީ ރިޕޯޓެއްގައި ވޯލްޑު ބޭންކުން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރާ ހަމަޔަށް މުޅި ދެކުނު އޭޝިއާގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ނިސްބަތުން އެންމެ ބޮޑުވާނީ ރާއްޖޭގައެވެ.

އެގޮތުން އެބޭންކުން ލަފާކުރި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވެ ހަތަރު ގުނައަށް އިތުރުވާނެ ކަމަަށް ލަފާކުރެއެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް 32 އިންސައްތައް 2060 ވަނަ އަހަރު އިތުރުވާނެ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ. ވޯލްޑް ބޭންކުން ރާއްޖޭގެ ޕެންޝަން ނިޒާމު ބަދަލުކުރުމަށް ލަފާދީފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. 

މީގެ އިތުރުން ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހޭދަކުރާ ފައިސާގެ ގާތްގަނޑަކަށް 90 އިންސައްތަ ހަރަދު ކުރަނީ ޕެންޝަން ސްކީމަށެވެ.

ކޮމެންޓް
އާޕް
ކަލޭމެން ބުންޏަސް ތޮހިން ނަހަދާނަން.ކަލެންނަކަށް ނޭނގޭނެ މިކަމުގައި ހުރި ފައިދާއެއް ތިއުޅެނީ ކަލޭމެން ނުރުހޭ ބަޔަކު ތިބީމަ ޕްރެޝަރކޮއްގެން ވެރިކަން ބައްޓާލަން
17 Jul 2024
ށުނެއްޔު
ތިޔަ ބަދަލް ރަނގަޅު. ދުރު ވިސްނޭވަރަށްވުރެ ދިވެހިން ގެ މެޖޯރިޓީ ގަޅި
19 Jul 2024
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު