ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ މަސައްކަތް ނިމި، ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

އަލީ އަޒްލީފް
27 Aug 2024
ހަބަރު

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މުހިންމު އަދި ތާރީޚީ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވާ ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި މި ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯގެ މަޤާމަށް އައްޔަންކޮށްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. އަދި ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ. މި ދެ ބޭފުޅުންނަކީވެސް ބައިނަލްއަގްވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގެ ކުރިން ދެއްވި ޚާއްސަ މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ބޭންކް ޤާއިމުކުރެވި ބޮޑެތި މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މި ބޭންކު އުފެއްދުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މުހިންމު އަދި ތާރީޚީ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މި ބޭންކު ވެގެންދާނީ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގެ ފުރަތަމަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައިވަނީ މެއިމަހުގެ 16 ވަނަ ދުވަހުގައެވެ. އަދި ޕްރައިވަޓައޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބޭންކްގެ ބޯޑަށް 3 މެންބަރުން ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމުގެ އިތުރުން ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އުފައްދަވާފއިވާ ބޭންކެކެވެ. މި ބޭންކު ހިންގުމަށް ބޭނުންވާ ލައިސެންސަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިފައިވަނީ މިދިޔަ ޖުލައި މަހުއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު