ފާނައިގެ ޙަޔާތުގެ ބުރާއި ފާނައިގެ ޚާއްޞަ ސިފަތައް

އަލީ އަޒްލީފް
27 Aug 2024
ރިޕޯޓް

ފާނައިގެ ބާވަތްތަކަކީ ޙަޔަވީގޮތުން ގިނަ ތަފާތުތަކެއް އެކުލެވޭ، ދަރިމައިވެ އާލާވާ ގޮތްވެސް އެއްބާވަތާއި އަނެއް ބާވަތާ ދެމެދު ތަފާތު މަހެކެވެ. ނަމަވެސް، ދަރިމައިވުމުގެ މަރުޙަލާގައި، ފާނައިގެ ގިނަ ބާވަތްތަކުގެ މެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަންވެސް ފާހަގަކޮށްލެވެއެވެ. ފާނައިގެ ގިނަ ބާވަތްތަކަކީ އަންހެންމަހުގެ ގޮތުގައި ފުރާވަރަށް އަރާ، އުމުރުގެ ވަކިހިސާބަކުން ފިރިހެން މަހަކަށް ޖިންސު ބަދަލުވާ (މޮނަންޑްރިކް ޕްރޮޓޮޖީނަސް ހަރމަފްރޮޑައިޓް) ބާވަތްތަކެކެވެ. ނަމަވެސް ފާނައިގެ ބައެއް ބާވަތްތަކަކީ މިފަދައިން ޖިންސު ބަދަލުކުރާ ބާވަތްތަކެއް ނޫނެވެ (ގޮނޮކޮރިސްޓިކް).

ފާނަ ޖިންސު ބަދަލުވުމަށް އަސަރު ކުރުވާ އެންމެ މުހިންމު އެއް ކަމަކީ، ބިސްދޫކުރަން ޖަމާވާ ފާނައިގެ ޖަމާވުންތަކުގައި ފިރިހެން މަސް ނިސްބަތުން ތިބި މިންވަރެވެ (ޝަޕީރޯ އެޓް އަލް. 1993؛ ފްރިޝް އެޓް އަލް. 2016). ފާނައިގެ ގިނަ ބާވަތްތަކަކީ އުމުރު ދިގު، ލަހުން ބޮޑުވާ އަދި ލަހުން ފުރާވަރަށް އަރާ (ކޭ-ސިލެކްޓެޑް) ބާވަތެއްގެ މަހެކެވެ (މޮރިސް އެޓް އަލް. 2000). އެހެންނަމަވެސް ޕްލެކްޓްރޮޕޯމަސް (Plectropomus) ޖީނަސްއަށް ނިސްބަތްވާ ބާވަތްތަކަކީ ފާނައިގެ އެހެން ބާވަތްތަކާ އަޅައި ބަލާއިރު، ނިސްބަތުން އަވަހަށް ބޮޑުވެ، އަވަހަށް ފުރާވަރަށް އަރާ ބާވަތްތަކެކެވެ. ފާނައިގެ ސައިޒާއި ފުރާވަރަށް އަރާ ސައިޒް ފާނައިގެ ބާވަތްތަކުގެ މެދުގައްޔާއި، އެއްބާވަތުގެ ވަކިވަކި ފާނައިގެ މެދުގައިވެސް ތަފާތުވެއެވެ (މޮރިސް އެޓް އަލް. 2000؛ ފްރިޝް އެޓް އަލް. 2016).

ފާނައަކީ އައިން ހަދައިގެން އުޅޭ މަހެއް ނޫނެވެ. އެހެންނަމަވެސް، ފާނައިގެ ގިނަ ބާވަތްތައް ބިސްދޫކުރުމަށް އެއް ސަރަޙައްދަކަށް ޖަމާވެ އުޅެއެވެ. މިގޮތަށް ޖަމާވާ ޖަމާވުންތަކުގެ ސައިޒް ފާނައިގެ އެކި ބާވަތްތަކުގެ މެދުގައި ތަފާތެވެ. އަދި ފާނައިގެ ބައެއް ބާވަތްތައް އަބަދުވެސް ޖަމާވަނީ އެއް ސަރަޙައްދަކަށެވެ (ރޮބިންސަން އެޓް އަލް. 2008؛ ލެމިލްޓަން އެޓް އަލް. 2012).

މިފަދަ ޖަމާވުންތައް ހަނދުގެ ދައުރުވުމާ ގުޅިފައިވެއެވެ. އަދި އާންމު ގޮތެއްގައި ފާނަ ބިސްދޫކުރުމަށް ޖަމާވަނީ ހަނދުފޮއި އަދި ކަޅުފޮއި ދުވަސްވަރުގައެވެ (ޑޮމިއަރ އަދި ކޮލިން 1997؛ ލެމިލްޓަން އެޓް އަލް. 2012؛ ފްރިޝް އެޓް އަލް. 2016). މިފަދަ ޖަމާވުންތައް މަދު ދުވަސްކޮޅަކަށް ނުވަތަ އެތައް ހަފްތާއަކަށް ވެސް ދިގުދެމިގެންދެއެވެ (ކޯލްމަން އެޓް އަލް. 1999؛ ސަޑޮވީ ޑި މިޗެސަން އަދި ކޮލިން 2012).

މިގޮތަށް ބިސްދޫކުރުމަށް ޖަމާވާ އަންހެން ފާނަ ބިސްތައް ލޮނުގަނޑުގެ ތެރެއަށް ދޫކޮށްލައެވެ. އަދި ބިހާއި، ފިރިހެން ފާނަ ދޫކުރާ ދަރިފަނި ލޮނުގަނޑުގެ ތެރޭގައި ގުޅި، ކަނޑުގެ އޮޔާއެކު ދަތުރުކުރެއެވެ. ބިސްފީވެ، އުފަންވާ ފާނައިގެ ޅަ ފަނި (ލާވާ) ވެސް ޅަ ފާނައަށް ބަދަލުވަންދެން އޮޔާއެކު ދަތުރުކުރެއެވެ. ފާނައިގެ ފަނި ޅަ ފާނައަށް ބަދަލުވުމުން، މުރަކަ ފަރުތަކާއި ޗަސްބިން އަދި މޫދުވިނަ ފަދަ ޅަ ފާނަ އާލާވުމަށް މަގުފަހި ކޮށްދޭ މާޙައުލުތަކުގައި ވަޒަންވެރިވެއެވެ. ފާނަ ބޮޑުވުމުން ފަރުތަކުގެ ފުން ހިސާބުތަކަށް ދަތުރުކުރެއެވެ. ބޮޑެތި ފާނަ އާންމު ގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ (ކްރެއިގެ އެޓް އަލް. 1993؛ ހީމްސްޓްރާ އެޓް އަލް. 2012).

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު