މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: ސަންގު

ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫން - އަބްދުއްރަހީމް

އަލީ ޝާހީން
27 Aug 2024
ހަބަރު

ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. 

މިރޭ ސަންގުޓީވީގައި އަބުދުއްރަހީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އަދި އޭގެ ބަދަލުގައި ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން 75 މެންބަރުން އެމަނިކުފާނަށްޓަކައި ރައްޔިތުން ހޮއްވަވައިދެއްވުމުން އެކަން ސާބިތުވާކަމަށެވެ. 

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު އުފެދުނު ފަހުން، އަމާޒު ކުރާ ފާޑުކިއުންތަކުގެ ތެރޭގައި މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރި ނަމަވެސް އެކަން އެބޭފުޅުން ދޮގު ކުރައްވާކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ހުރިހާ މަސައްކަތެއް ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މެމްބަރުން ވަނީ ދެއްވާފައި ކަމުގައެވެ. އެހެންކަމުން މެމްބަރުންނަށް ފައިސާދޭންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. 

އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން 75 މެންބަރުން އެމަނިކުފާނަށްޓަކައި ރައްޔިތުން ހޮއްވަވައި ދެއްވުމުން އެކަން ސާބިތުވާކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު