ކުރީގެ ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ސަލާމް ކުރައްވަނީ: ފޮޓޯ - ސަން/ފަޔާޒު މޫސާ

ފިނިފެންމާ ލޯންޗު ގޮއްވާލުން އެއީ ޔާމީން ކުޅުއްވި ޑްރާމާއެއްކަމަށް އަދުރޭ ސުވާލު އުފައްދަވައިފި

އަލީ އަޒްލީފް
27 Aug 2024
ހަބަރު

ފިނިފެންމާ ލޯންޗު ގޮއްވާލުން އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޅުއްވި ޑްރާމާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ. 

"ސަންގު" ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެރިކަން ހިންގާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ސެޕްޓެމްބަރު 28، 2015، ގައި ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ލޯންޗް ގޮއްވާލުމުގެ އަޑީގައި ހުންނެވީ ރައީސް ޔާމީން ކަމާއިމެދު ސުވާލު އުފައްދަވަންޖެހޭ ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ނުދޭތާ ހަ މަސް ދުވަސް ފަހުންނޭ ބޮން ގޮއްވި ކަމަށެވެ. އަދި މިއަދު ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު އެންމެ އަރިހުގައި ހުންނެވި އިރު އެއީ އެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅާ ކަމަށެވެ. އެހެންކަމުން މިއަދު ސުވާލު އުފައްދަންޖެހެނީ ފިނިފެންމާ ލޯންޗު ގޮއްވާލުން މިއީ އަނެއްކާ ރައީސް ޔާމީން އިސްވެ ހުރެގެން ކުޅުއްވި ޑްރާމާއެއްތޯ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

މިހާރު ބައެއް ފަހަރު އެބަ ހީވޭ، އަޅުގަނޑަށް ހަމަ މިއަދު ދަންނަވަން ކެރިދާނެ ފިނިފެންމާ ލޯންޗު ގޮވުން މިއީ މިހާރު ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާވައޭ. އެ ހިސާބަށް ޔާމީނުގެ ވާހަކަ ހިނގައްޖެ. އަޅުގަނޑުމެން އެންމެން ކައިރީގައި ޔާމީން ވިދާޅުވީ ލޯންޗު ގޮއްވާލީމާ ތިމަންނާއަށް ބޭރަށް ނުކުމެވުނީމަ ބޮޑު ފާލަމާ ދިމާލަށް ބަލާލިއިރު އެތަނުގައި ހުއްޓޭ ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު، ތިމަންނައަށް ވަގުތުން އެނގުނޭ އޭނަކަން އެކަން ކުރީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށް ކުރި ދެކިވަޑައިގެންނެވި ނަމަވެސް މިއަދު މިހާލަތަށް އައުމުން އެނގެނީ އެއީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ކަމަށެވެ. 

ކޮމެންޓް
އިތުރު ލިއުން
ނަޞްރުގެ ދުވަހާއި ގުޅިގެން ނޮވެމްބަރު 2 ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
ދައުލަތުގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ޗުއްޓީ ދިނުމަށް ހަފްތާ ބަންދުގެ ބްރޭކެއް އިތުރުކޮށް، ނޮވެމްބަރު 2 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.
23 Oct 2025
ހަބަރު
އިތުރު 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
23 Oct 2025
ހަބަރު
ލ.ފޮނަދޫގައި އެމްއައިބީގެ ސާވިސް ސެންޓަރެއް ހުޅުވައިފި
ލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭގޮތަށް ލ. ފޮނަދޫގައި އިއްޔެ ހުޅުވައިފިއެވެ.
22 Oct 2025
ހަބަރު
ހައްދުންމައްޗަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
22 Oct 2025
ހަބަރު