ހައިބޫގެ އިސްވެރިންނާ ވަޒީރު ސަޢީދު ބައްދަލު ކުރައްވައިފި

އައިޝަތު ޝިއުރާ
28 Aug 2024
ހަބަރު

ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު އެމެރިކާގެ ހައިބޫ މީޑިއާ ގްރޫޕުގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހައިބޫގެ އުފެއްދުންތަކުގެ މަޤްޞަދާއި ޙާޞިލުކުރެވުނު ކާމިޔާބީގެ ތަޖުރިބާ އެކުންފުނީގެ ފަރާތުން ވަޒީރާ ޙިއްސާކުރެއްވިއެވެ. އަދި އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ހައިބޫގެ އުފެއްދުންތަކަކީ ޖަނަވާރުންނާ ވާހަކަދެއްކުމުގެ ޤާބިލުކަން ލިބިފައިވާ 10 އަހަރުގެ އަންހެން ކުއްޖެއް(ޚިޔާލީ އަންހެންކުއްޖެއް)ގެ ތަޖްރިބާތައް ދައްކައިދޭ އެނިމޭޓެޑް އުފެއްދުމެކެވެ. އެގޮތުން އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ތަޖްރިބާ ތަކުގެ ތެރެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ސަލާމަތްކުރުމަށްޓަކައި މުޖްތަމަޢުގެ ސަމާލުކަން ހޯދުމަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރެއެވެ. ހައިބޫގެ ދުނިޔެއަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އުނގަންނައިދޭ ޒަމާނީ މުނިފޫހިފިލުވުމުގެ ވަސީލަތެކެވެ. ހައިބޫގެ މަޝްރޫޢުގައި ފޮތްތަކާއި، އެނިމޭޓެޑް ޓީވީ ސީރީޒްތަކާއި، ކުޅޭ ތަކެއްޗާއި، ވީޑިއޯ ގޭމްތަކާއި، ފީޗަރ ފިލްމުތައް ހިމެނެއެވެ.

ހައިބޫ މިޑިއާ ގްރޫޕުން ދިވެހިރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި، އުނގަންނައިދިނުމުގެ ދާއިރާގައި ޙަރަކާކްތެރިވާ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އަދި ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ޒުވާން ފަންނުވެރިންނާ ބައްދަލު ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު