މައުލޫމާތުދިނުމުގެ ސެޝަންތަކެއް ދ. އަތޮޅު ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި

އައިޝަތު ޝިއުރާ
28 Aug 2024
ހަބަރު

ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަންތަކެއް ދ. މީދޫ، ކުޑަހުވަދޫ އަދި ހުޅުދެލީގައި ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓު 18 އިން 22 އަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، ދަރިވަރުންނާއި ބެލެނިވެރިންނަށް މޯޓިވޭޝަން އަދި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންގެ ޒިންމާއާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ.

އެގޮތުން ކޮންމެ ރަށެއްގައި ވެސް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ސެޝަނެއްގެ ގޮތުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ވަކިންނެވެ. ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ހިތްވަރާއެކު ފަސްނުޖެހި މަސައްކަތް ކޮށްފިނަމަ ކޮންމެކަމެއް ވެސް ކާމިޔާބުކުރެވިދާނެކަމަށާއި، ބެލެނިވެރިންނާއި މުދައްރިސުންނަށް އިހުތިރާމުކުރުމުގެ މުހިންމުކަމާއި އެކަމުން އުފެދޭނެ ހަރުދަނާ ގުޅުންތަކާއި ބެހޭގޮތުން މައުލޫމާތުދީފައި ވެއެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކޮންމެވެސް ހުނަރެއްހުރި މޮޅު ރަނގަޅު ކުއްޖެއް ކަމަށާއި، ކާމިޔާބަށް އަބަދުވެސް މަސައްކަތްކުރުމަށް ހިތްވަރުދީ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ކަންކަމާއި، އަމިއްލަ ނަފުސާ ދޭތެރޭ ވިސްނައިލުމަށް ވަގުތު ކޮޅެއް ހޭދަކުރުން މުހިންމުކަން ފާހަގަ ކޮށްފައިވެއެވެ. އަދި ދީނީ ކަންކަމަށް ފަރުވާތެރިވުމުގެ މުހިންމުކަމާއި، މާތް ﷲ ހަނދުމަކޮށް އެފަރާތަށް ގިނަގިނައިން ދުއާ ކުރުމުން ކަންކަން ފަސޭހަ ވެގެންދާނެ ކަމަށް ދަރިވަރުންނަށް ބުނެދީފައި ވެއެވެ.

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންގެ ޒިންމާ، ތަރުބިއްޔަތުކުރުމުގައި ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ ގޮތްތައް، ކުދިންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅުކޮށް ބެލެނިވެރިންނާ އޮންނަ ގުޅުން ރަނގަޅުކުރުމާއއަދި ބެލެނިވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އަމަލުކުރާނެ ރަނގަޅު ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބެލެނިވެރިން ސުވާލު އުފެދޭ އެއްވެސް ކަމެއް ހުރިތޯ ބަލައި އޮޅުން ފިލުވައިދީފައިވެއެވެ.

ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްސް ޔުނިޓުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ސެޝަންތަކަކީ ދ. އަތޮޅު ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުންގެންދާ ދަރިވަރުންގެ ކިބައިގައި ރަނގަޅު ހަރުދަނާ ސިފަތަކެއް އަށަގެންނެވުމާއި، ތައުލީމު ހާސިލުކުރުމާއި އިތުރު ހަރަކާތްތަކުގައި ކެރިގެން ކަންކަމާއި ކުރިމަތިލައި ރަނގަޅު ނަތީޖާއެއް ހޯދޭނެފަދަ ގާބިލު ދަރިވަރުން ތަކެއްގެ ގޮތުގައި ދަރިވަރުން ތަރުބިއްޔަތު ކުރުވައި ހޭލުންތެރިކުރުވައި އަދި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މި ސެޝަންތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު މިފަދަ ސެޝަންތަކުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންގެ ގުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކޮށް ސެޝަންތަކުގެ ބައިވެރިންގެ ފަރާތުން ފުލުހުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު