އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އޮސްޓްރޭލިއަން ހައިކޮމިޝަނަރާއި ބައްދަލުކޮށްފި

އައިޝަތު ޝިއުރާ
28 Aug 2024
ހަބަރު

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ޖެސަޕް އަދި އެ ކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ އެންޑްރިއު ހޮޖެސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ވުޒާރާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރގެ ނައިބު އައިމިނަތު ނަމްޒާ، ޕްރޮގްރާމް އޮފިސަރ ޢާއިޝަތު ސާހާ ސަބާހް އަދި އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ އާމިނަތު އާނިމާއެވެ.

މި ބައްދަލުވުމުގައި ވަނީ މިވުޒާރާގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާއި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިގޮތުން "ހާލު ކިހިނެއް؟" ޕްރޮގްރާމާއި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމްގެ އިތުރުން، ޑޭޓާބޭސް މެނޭޖްމަންޓް ސިސްޓަމެއް އެކުލަވާލުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން އިސްރަށްވެހިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް، އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް ކުރެވިފައިވާ އަދި ކުރެވެމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ އެ ކޮމިޝަނާއި މަޢުލޫމާތު ހިއްސާކޮށްފައެވެ.

އަދި މި ދާއިރާއިން ދިވެހންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕމެންޓް (އޮޒެއިޑް) އިން މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ދެމުންގެންދާ ސްކޮލަޝިޕްތަކުގެ ފުރުސަތުތަކާއި ބެހޭގޮތުންވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މުސްތަޤްބަލުގައި ކުރުމަށް ރޭވިފައިވާ މަސައްކަތްތަކާއި މަޝްރޫޢުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ބައްދަލުވުންތަކެއް ކުރިއަށްގެންދަން ބޭނުންވާކަމަށް އޮސްޓްރޭލިއަން ހައިކޮމިޝަނުގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު