އިޖްތިމާޢީ މައްސަލަތަށް ޙައްލުކުރުމާއި ގުޅޭ އެއްބަސްވެމެއްގައި ސޮއިކޮށްފި

އައިޝަތު ޝިއުރާ
28 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ(އެމްއެންޔޫ) އާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ އިން ދިވެހިރާއްޖޭގެ ބޮޑެތި އިޖްތިމާޢީ މައްސަލަތަށް ޙައްލުކުރުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖެއަށް އަންނަ ސިޔާސީ ބަދަލުތަކުގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ހާލަތަށް އަންނަ ބަދަލުތަކާއި، ހަރުކަށި ފިކުރުތަކާއި އެފަދަ ވިސްނުން ގެންގުޅޭ މީހުންނާއި، ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމާންކަން ހިމާޔަތްކުރުމަށް އެޅުން މުޙިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން ދިރާސާކޮށް، މިފަދަ މައްސަލަތަށް ޙައްލުކުރުމުގެ މަޤްސަދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ، އައިޝަތު ޝެހެނާޒް އާދަމެވެ. އަދި އެންސީޓީސީގެ ފަރާތުން އެ އިދާރާގެ ޑައިރެކްޓަރ-ޖެނެރަލް، ވައިސް ވަޙީދު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަނީ ތަފާތު އެކި ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރު ބޭފުޅުންގެ އިތުރުން އެކި މުއައްސަސާތަކާއި ގުޅިގެން ދިވެހިރާއްޖެއަށް ދިމާވާ ގޮންޖެހުންތަށް ޙައްލުކުރުމާއި ޤައުމުގެ ތަރައްޤީއަށް އަމާޒުކޮށް އެތަށް ދިރާސާއެއް ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު