މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله: ފޮަޓޯ/ ޕީއެންސީ

ސަރުކާރަށް ނުވަ މަސް ، ވެ ވަޑައިގެން ހުރިހާ ވައުދެއް ރައީސް ގެންދަވަނީ ފުއްދަވަމުން - އަބްދުއްރަހީމް

އަލީ ޝާހީން
28 Aug 2024
ހަބަރު

މި ސަރުކާރަށް ނުވަ މަސް ފުރިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވެ ވަޑައިގެން ހުރިހާ ވައުދެއް ރައީސް ގެންދަވަނީ ފުއްދަވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމު މިއަދު މި ހާލަތަށް އައީ މިދިޔަ ސަރުކާރުގެ ހިޔާނާތުގެ ސަބަބުން ކަމަށެވެ. އޭރު އިދިކޮޅުގައި އޮވެގެން ގައުމަށް ވާނޭ ގޮތުގެ ވާހަކަދެއްކެވި ކަމަށާއި ފައިސާ ޗާޕްކުރުމުން މަޖިލީހުގައި ތިއްބަވައިގެން ޖަލްސާތަކުގައި ވެސް ވާނެ ގޮތުގެ ވާހަކަދެއްކި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ބޭފުޅުން ދެއްވީ ބީރު ކަންފަތެއްކަން ފާހަގަކުރެއްވެވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިތިބީ އެކަން ހަނދާން ނައްތާލައިގެން ނޫން ކަމަށާއި އެއީ ހަނދާން ނައްތާލެވޭ ވަރަށްވުރެ ބޮޑެތި ހިޔާނަތްތައް ކަމަށެވެ. އަދި މިއަދު މި ގައުމު މި ހާލަތަށް އެ ބޭފުޅުން ވައްޓާލާފައި ގައުމު ސަލާމަތް ކުރަން ސަރުކާރުން އުޅޭއިރު އަނެއްކާ އިތުރަށް މި ގައުމަށް ގެއްލުން ދިނުމަށް މަސައްކަތް ކުރާތީ ދެރަވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު