ފަސް މިލިއަން ޕްރޮޖެކްޓްގެ ތެރެއިން ސްޓެލްކޯއިން 30000 ގަސް އިންދައިފި

އައިޝަތު ޝިއުރާ
29 Aug 2024
ހަބަރު

ފަސް މިލިއަން ޕްރޮޖެކްޓްގެ ތެރެއިން ސްޓެލްކޯއިން މަހެއްގެ ތެރޭގައި 30،371 ގަސް އިންދައިފިއެވެ. ސްޓެލްކޯއިން 30،371 ގަސް އިންދާފައިވަނީ މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތުން ޖޫން 5 ވަނަ ދުވަހު ފާހަގަ ކުރި ތިމާވެށީގެ ދުވަހު އެ ކުންފުނިން ވަނީ ކ. ތުލުސްދޫގައި، އެ ކުންފުނިން ފެށި ފަސް އަހަރު ތެރޭ ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހުކޮށް ގަސް އިންދާފަ އެވެ. އެގޮތުން އެ ދުވަހު ކ. ތުލުސްދޫއާއި ސްޓެލްކޯއިން ހިދުމަތް ދޭ އެހެނިހެން ރަށްރަށުގައި ވަނީ 21،007 ގަސް އިންދާފަ އެވެ.

އޭގެ ފަހުން ސްޓެލްކޯއިން ވަނީ ކ. ދިއްފުށީގެ އާ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށް އާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި އެ ރަށުގައި 1،000 ގަސް އިންދާފަ އެވެ. އަދި ޖޫން 24، 2024 ގައި ސްޓެލްކޯއިން ވަނީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްތަކުގައި 8،364 ގަސް އިންދާފަ އެވެ.

ސްޓެލްކޯއިން ބުނީ ކުރިއަށް އޮތްތާ ކޮންމެ މަހަކުވެސް ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ ރަށްރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކުންފުނިން ޕްލެޖްވެފައިވާ ގޮތަށް ފަސް އަހަރު ތެރޭގައި ފަސް ލައްކަ ގަސް އިންދާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު އިއުލާން ކުރައްވާފައިވަނީ ތިމާވެށީގެ ކަންކަމާ ގުޅިގެން ބާއްވާ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ ‘ކޮޕް28’ ގައި ތަގުރީރު ކުރައްވަމުންނެވެ. މި މަޝްރޫއަކީ ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު