ކީރިތި ގުރްއާނުގެ އިލްމާއި ކީރިތި ގުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި -- ފޮޓޯ: ރައީސް އޮފީސް

ހާފިޒުންގެ އިނާޔަތް ދެ ގުނަ ބޮޑު ކުރާނަން - ރައީސް

އަލީ ޝާހީން
17 Jul 2024
ހަބަރު

ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާ​ގައި ރޭ ވާހަަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުން ކަމަށާއި އަދި ސަރުކާރުން އެކަމަށް ހާއްސަ ހޭދައެއް ކުރުނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސްގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުންކަމަށާއި އަދި އެ ކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވިގެން ދާނެކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި އަމާނާތް ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި އިރު، އެމަނިކުފާނު ދިވެހި ދައުލަތް ހިންގަން ބޭނުންފުޅު ވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އަދި އެ ކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނަނަން ކަމަށާއި ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތްކަމަށާއި އަދި އެއީ ދުނިޔޭގައި ވެސް ހެޔޮކަން އަދި އާހިރަތުގައި ވެސް ހެޔޮކަން ލިބޭ ހަމަ އެކަނި މަގު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރުން ކީރިތި ގުރްއާނުގެ އިލްމާއި ކީރިތި ގުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދާކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު