އެމްޕީއައިގެ ސަބަބުން މާލެއާއި އަތޮޅުތެރެ ހަމަހަމަކަމާއިއެކު ތަރައްޤީ ކުރުމަށް ފަސޭހަވޭ : ވަޒީރު ޑރ. ޙައިދަރު

އައިޝަތު ޝިއުރާ
29 Aug 2024
ހަބަރު

މަލްޓި ޑައިމެންޝަނަލް ޕޮވާޓީ އިންޑެކްސް (އެމްޕީއައި)ގެ ސަބަބުން މާލެއާއި އަތޮޅު ތެރެ ހަމަހަމަކަމާއެކު ތަރައްގީ ކުރުމަށް ފަސޭހަވެފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު އުޒްބަކިސްތާނުގައި ކުރިއަށްދާ މަލްޓިޑައިމެންޝަނަލް ޕޮވަޓީ ޕިއާސް ނެޓްވޯކްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޕީއައި ބަލައިގަތުމަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު އެކި ދާއިރާތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ސަރުކާރަށް ލިބިފައިވާކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖެ އިތުރަށް ތަރައްޤީކުރާއިރު ވެރިކަންކުރާ މާލެއާއި އަތޮޅުތެރެ ހަމަހަމަކަމާއެކު ތަރައްޤީކުރަންޖެހޭކަމަށާއި، އެގޮތަށް ކަންކަން ބައްޓަން ކުރުމަށް އެމްޕީއައިގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބޭކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރު ވެސް އަމާޒުހިފައިވަނީ ސަބްސިޑީއާއި އިޖުތިމާއީ އިނާޔަތްތައް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްކަމަށެވެ. އެ ބައްދަލުވުމުގައި އިތުރަށް ވަޒީރު ވިދާޅުވީ އެމްޕީއައި ތައާރަފްކުރުމާ އެކު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅިގެން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ދެނެގަނެ އެ ނިސްބަތް ދަށްކުރުމަށް މަސައްކަތްތަކެއް ފަށައިފައިކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރު އެމްޕީއައިގެ ފުރަތަމަ ހޯދުމުން އެނގިފައިވާ ގޮތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އާބާދީގެ 28 ޕަސެންޓަކީ ފަގީރުންކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

‎އާމްދަނީގެ ފަގީރު ކަމުގެ ބަދަލުގައި ބަލާ މަލްޓި ޑައިމެންޝަން ޕަވަޓީ އިންޑެކްސް ނުވަތަ އެމްޕީއައި އަކީ ތަފާތު އެކި ނަޒަރުން ފަގީރުކަން ވަޒަން ކުރުމަށް އެކުލަވާލެވޭ މިންގަނޑެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު